ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރޭޓްސްގެ ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއެއް ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

Advertisement
ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރޭޓްސްގެ ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބަށް ވަނީ ދައުލަތުން ހަތް ދައުވާއެއްކޮށްފައެވެ. އެ ހަތް ދައުވާއަކީ ވެސް އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން އުފުލި ދައުވާތަކެކެވެ.
އެގޮތުން އޭގެ ތެރެއިން ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ކުރިން އަމުރުކޮށްފަ އެވެ.