ads
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމެއް : ފޮޓޯ: މަޖިލިސް
އިނގިލީގެ ނިޝާނުން މީހާ ދެނެގަނެވޭނެ ޑާޓާބޭސް އެއް ހަދަނީ
މީހާގެ ސިފައާއި، އިނގިލީގެ ނިޝާނުން، އެއީ ކާކުކަން ދެނެގަނެވޭނެ ޑޭޓާބޭހެއް ހަދަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އިންފޮމޭޝަން، ޓެކްނޯލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި ދިވެހިރާއްޖެ އޮތް ޙާލަތު ދެނެގަނެ، އެސެސްމެންޓެއް ހެދުމަށް ހުށަހަޅުއްވާފައިވާ މައްސަލައި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހާސިލް ނުވެ ހުރި ގިނަ ކަންތައްތަކެއް ހާސިލް ކުރެވޭނެ ގޮތަށް ގިނަ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ.

މިގޮތުން ޓެކްނޯލޮޖީއާ ގުޅޭގޮތުން ހުށަހަޅާ 9 ކަމަކާއި، ކޮމިއުނިކޭޝަންއާ ގުޅޭގޮތުން 6 ކަމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޕްލޭނިންް ދާއިރާ އިންވެސް މުހިންމު ކަންތައްކެއް ވަނީ ހުށަހަޅާފައެވެ.

އެގޮތުން، ސަރުކާރުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި، އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހައި ސޮފްޓްވެއަރތައް ދިރާސާކޮށް، ފަރުމާކޮށް އަދި ބަލަހައްޓާ ތަރައްޤީކުރުމަށް މުޅި ނިޒާމު އެއް ވިއުގައަކުން ގުޅުވާލެވިފައިވާ ޑިޖިޓަލް އޭޖެންސީއެއް ޤާއިމުކުރުމާއި، މީހާގެ ސިފައާއި، އިނގިލީގެ ނިޝާނުން އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ، އަދި މީހާގެ ޙާލަތު ބަދަލުވަމުން އަންނަގޮތް އެ މީހަކަށް އަޕްޑޭޓްކުރެވޭގޮތައް އޮންނަ، ޚިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކުރެވި، އޭނާގެ އައިޑެންޓިޓީއަށް ބަރޯސާވާ ސެންޓްރަލް ޑޭޓާ ބޭސް ނިޒާމެއް ޤާއިމުކުރުމަކީ މި މަސައްކަތުގެ އެންމެ ބޮޑު އެއް މަޤްސަދެވެ.

މީގެ އިތުރުން، މި ނިޒާމަކީ، މުޅި ދައުލަތުގެ ތެރޭގައިވެސް އެއް މަސައްކަތެއް ތަކުރާރުކޮށް އެކި މުއައްސަސާތަކުން ކުރަން ނުޖެހޭނެހެން ފަރުމާކުރެވިފައިވާ ނިޒާމަކަށް ހެދުމަށް ވަނީ ނިންމާފައެވެ. 

ކުދި ވިޔަފާރިތަކަށް އުނދަގޫވާނެހެން، އެފަރާތްތަކުން ކުރާ މަސައްކަތަކުގެ ތެރެއަށް ބޮޑެތި ކުންފުނިތަކުންވަންނަމުންދާކަން ފާހަގަވެފައިވެފައިވާތީ، ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅާ ޢަމަލުތަކާއި ވިޔަފާރީގައި ހިންގޭބޭއިންޞާފު މުޢާމަލާތްތައް ހުއްޓުވައި މަނާކުރުމާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ވާދަވެރި މާހައުލެއްގައި ފްރެކުއެންސީތައް ދޫކޮށް މެނޭޖްކުރުމަށްވެސް ވަނީ އަމާޒު ހިފާފައެވެ. 

އިމްޕްލިމެންޓޭޝަން ޕްލޭން ހެދުމާއި ގުޅޭގޮތުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި، އައި.ސީ.ޓީ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޯލޮޖީ އޮފިސަރއާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އަދި ކަމާގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ކުރިއަށް އޮތް 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އިންފޮމޭޝަން، ޓެކްނޯ ލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގެ އިމްޕްލިމެންޓޭޝަން ޕްލޭނެއް ހެދުމަށްވެސް ކޮމެޓީން ވަނީ ހުށަހަޅާފައެވެ.

މިރިޕޯޓް ކޮމެޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް