ads
ވަރުންގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވެނީ ދޮގު ވާހަކަތަކެއް: ޑޭވިޑް
ބޮލީވުޑު މަޝްހޫރު އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ އަދި ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ބުނެފިއެވެ.
ބޮލީވުޑު މަޝްހޫރު އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ އަދި ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ބުނެފިއެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި މެއި މަހުގެ ތެރޭގައި ވަރުންގެ ކައިވެނި އޮންނާނީ އިންޑިއާގެ ގޯއާގަ އެވެ. އެގޮތުން ކައިވެނީގެ ހަފުލާ އޮންނާނީ ލަގްޒަރީ ހޮޓަލެއް ނުވަތަ ބީޗްގައި ކަމަށް ވެއެވެ.

ނަމަވެސް ދާދި ފަހުން އެވާހަކަތައް ޑޭވިޑް ދޮގުކޮށްފައިވާއިރު އޭނާ ބުނީ ވަރުންގެ ކައިވެނީގެ ތާރީހު އަދި ކައިވެނި ކުރާ ތަނާ ބެހޭ ގޮތުން ދެކެވޭ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ކިޔާހާ އެއްޗެއް ގަބޫލު ނުކުރުމަށްވެސް ސަޕޯޓަރުން ކައިރި ޑޭވިޑް ވަނީ އެދިފައެވެ.

ނަތާޝާ އާއި ވަރުންނަކީ ކުޑައިރުގެ ގާތް ދެ ރަހުމަތްތެރިން ވެސް މެއެވެ. އެ ދެމީހުން އަތުގުޅުވާލައިގެން އެތައް ފަހަރަކު އާއްމުންގެ ތެރެއަށް ނިކުމެފައިވާއިރު އެދެމީހުން ވަނީ ބޮލީވުޑުގެ ޕާޓީތަކާއި ޗުއްޓީ ދަތުރުތަކަށް ވެސް އެކުގައި ގޮސްފައެވެ.

"މެއިން ތޭރާ ހީރޯ" އާއި "ދިލްވާލޭ" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރުން އެންމެ ފަހުން ފެނިފައިވަނީ "ކަލަންކް" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައި ނުވާއިރު ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސްޓްރީޓް ޑާންސާ" އިންނެވެ.
33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް