ފުލުހުން ބުނީ އުމުރުން 27 އަހަރުގެ ފިރިހެނަކު ބްލެކްމެއިލްކޮށް، ބިރުދައްކާ އޭނާ ބަރަހަނާކޮށް ވީޑިއޯކޮށްގެން ފައިސާ ހޯދަން އުޅުނު އެ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 03:49 ހާއިރު ކަމަށެވެ.
އެމައްސަލައާއި ގުޅިގެން ރޭ ތިން ފިރިހެނަކު ހައްޔަރުކޮށްފައިވެއެެވެ. އެއީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެކެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.