މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގާނޫނާ ހިލާފުވެގެންނާއި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ހުށަހެޅުނު މައްސަލަތަކަށް ރިއާޔަތްކޮށް ޑީޖޭޖޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގާނޫނާއި ހިލާފުވެގެން 88 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ގާނޫނާ ހިލާފުވެގެން ހުށަހެޅި މައްސަލަތަކުގައި އެންމެ ގިނައީ 16 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންނެވެ. މިކުދިންގެ ތެރެއިން ފިރިހެންކުދިންގެ އުމުރުފުރާ 17 ގައި އުޅޭއިރު އަންހެން ކުދިންގެ އުމުރުފުރާ އުޅެނީ 16 ގައެވެ. ކުށް ކުރާ ކުދިންގެ 86 އިންސައްތައަކީ ފިރިހެން ކުދިންނެވެ. އަދި 14 އިންސައްތައަކީ އަންހެން ކުދިންނެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، ކުށްކޮށްގެން ރިޕޯޓުކުރި އަންހެން ކުދިންގެ އަދަދު ވަނީ އިތުރުވެފައެވެ.
އަންހެންކުދިންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް
ފިރިހެންކުދިންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް
ޑީޖޭޖޭގެ މި ރިޕޯޓުން ދައްކާގޮތުގައި އެންމެ ގިނައިން މިފަދަ މައްސަލަ ހުށަހަޅަނީ އަތޮޅުތަކުންނެވެ. އެއީ 61 މައްސަލައެކެވެ. އެގޮތުން އަތޮޅުތަކުން އެންމެ ގިނައިން މައްސަލަ ހުށަހެޅީ ޏ، ށ އަދި ފ އަތޮޅުންނެވެ. މާލެ ސިޓީ ސަރަހައްދުން ހުށަހަޅާފައިވަނީ 27 މައްސަލައެވެ.
ކުދިން ކުށުގެ ވެެއްޓަށް ހުށަހެޅުމަށް އަދި ކުށްކުރުމަށް ދިމާވާ ސަބަބުތަކުގެ ގޮތުގައި ކުއްޖާ ތަރުބިއްޔަތު ކުރުމުގެ ހުރިހާ މަރުހަލާއެއްގައި މައްސަލަތައް ހުރިކަން ޑީޖޭޖޭއިން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ބައެއް ސަބަބުތަކުގެ ތެރޭގައި