އާއިލާ އާއި ގާތް މީހަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ޖަލުން ދޫކުރި ފަހުން ކުރިން ވެސް ބަސްމަދު އާރިޔަން ހުންނަނީ ހުއްޓުން އަރާފައެވެ.
ގިނަ ވަގުތު އާރިޔަން ހޭދަކުރަނީ އެކަނި ކޮޓަރީގަ އެވެ.
އެއްވެސް މީހަކާ ބައްދަލު ކުރުމުގެ ޝައުގުވެރިކަމެއް އާރިޔަން ނުހުންނަ އިރު އާއިލާއިން ވަނީ އޭނާ އަމިއްލައަށް އެކަމުން އަރައިގަންނަން ވަގުތުދީފަ އެވެ.
އާރިޔަން ޖަލުގެ ތެރޭގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަތައް ވެސް މީޑިއާތަކަށް ފެންމަތިވެފަ އެވެ.
އެގޮތުން ޖަލުގައި ބައްޕަ ޝާހް އާއި ބައްދަލުކުރަން އެޕޮއިންމެންޓް ހަދަން ޖެހޭތީ އާރިޔަން ޝަކުވާކުރި އެވެ.
އާރިޔަން ވަނީ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ބޭރަށް ނިކުމެ ހާލުގައި އުޅޭ މީހުންނަށް އެހީވާނެ ކަމަށް ވައުދުވެފަ އެވެ.
އާއިލާ އާއި ގާތް މީހަކު ބުނި ގޮތުގައި އާރިޔަން އަށް ވަކިން ބޮަޑީގާޑުން ބައިތިއްބަން ޝާހްރުކް ނޫޅެއެވެ.
ޝާހްރުކް މިހާރު ހުރީ އާއިލާއަށް ވަގުތު ދިނުމަށްޓަކައި ހުރިހާ މަސައްކަތެއް ހުއްޓާލާފަ އެވެ.