ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ ދައުލަތުގެ ޖުމްލަ ދަރަނި ނުވަތަ ޑެބްޓް އައުޓްސްޓޭންޑިން އެން ޑިސްޕާސިން އަށް ބަލާލާއިރު ރައީސް މައޫމުންގެ 30 އަހަރު ނިމުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ ގާތްގަނޑަކަށް 6.2 ބިލިއަން ރުފިޔާގެ ކަމަށެވެ. 2008 އިންް ފެށިގެން 2012ގެ ނިޔަލަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 11.3 ބިލިއަން ރުފިޔާގެ ދަރަނި ނެގި ކަމަށާއި ދެ އަހަރު ވެރިކަން ކުރި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ސަރުކާރުން 6.2 ބިލިއަން ރުފިޔާގެެ ދަރަނި ނެގި ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މި ސަރުކާރުން ދުނިޔޭގެ ތާރީހުގައިވެސް ނާންނަ ފަދަ އިގްތިސާދީ ކާރިިސާއެއްގެ ތެރޭގައި މިހާތަނަށް ނަގާފައިވަނީ 34 ބިލިއަން ރުފިޔާ ކަމަށެވެ.
އަމީރު ވިދާޅުވީ އެ 34 ބިލިއަން ރުފިޔާގެ ތެރެއިން އެމްއެމްއޭއަށް ސޮވެރެއިން ގެރެންޓީ ކަރެންސީ ސްވެޕް އެގްރީމެންޓެއް ފެސިލިޓީއެއް ދީފައިވާނެކަމަށެވެ. އޭގެ ތެރޭގައި 250 މިލިއަން ޑޮލަރު ހިމެނޭނެ ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން އެމްއެމްއޭ އިން އެ 250 މިލިއަން ޑޮލަރު ދައްކާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން 34 ބިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އިތުރަށް ދަރަނިން އުނިވެގެން ދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން ސީދާ ކޮންޓްރެކްޓްވި އަދަދަށް ބަލާލާއިރު ވެސް ރައީސް ޔާމީންގެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ ހުރިއިރު މި ސަރުކާރުގެ ހަމަ އެކަނި ސައިން ލޯން އެގްރީމެންޓްސް ކޮންޓްރެކްޓްކޮށްފައި ހުރި އަދަދަށް ބަލާލާއިރުވެސް 51.1 ބިލިއަން ރުފިޔާގައި ކަމަށެވެ.
ރައީސް ޔާމީންގެ އެ ފަސް އަހަރުގެ ސަރުކާރަކީ މުޅި ދުނިޔޭގައިވެސް ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ރަނގަޅު އެންމެ ނޯމަލްކޮށް އިގްތިސާދު ކުރިއަރަމުން ދިޔަ އެއް ދައުރު. އެކަމަކު އޮއިލް ޕްރައިސެސް ވެސް ފްލަކްޗުއޭޓެއް ނުވޭ އިނގޭތީ. އެއްވެސް ކްރައިސިސްއެއް ނައިސް ކޮން ކަމެއްތޯ ވީ. އަޅުގަނޑުމެން ސުވާލުކޮށްލަން އެބަޖެހޭ." އަމީރު ވިދާޅުވި އެވެ.