ads
ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރެއް
އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ދިރާސާކޮށް ނިންމައިފި
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ހަލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާގެ ދަށުން ރާއްޖޭގެ އުތުރު ކަނޑުތައް ދިރާސާކޮށް ނިންމާލައިފި އެވެ.
Advertisement
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާގެ ދަށުން ރާއްޖޭގެ އުތުރުގެ ކަނޑުތައް ދިރާސާކޮށް ނިންމާލައިފި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ކަނޑުތައް ދިރާސާ ކުރަން ފަށާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކަނޑާއި ފަރުތަކުގެ ދިރާސާކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުގެ އިތުރުން މެރިން ރިސާޗް އިންޓިޓިއުޓާއި ރާއްޖޭގެ ބައެެއް ޖަމިއްޔާތަކުގެ ޑައިވަރުން ހިމެނޭ ގޮތަށް ވަނީ 48 ޑައިވް ކޮށްފަ އެވެ. އެގޮތުން މިހާތަނަށް ވަނީ އުތުރުގެ 8 އަތޮޅުގައި މި ސާވޭ ކުރިއަށް ގެންގޮސްފަ އެވެ.

ސާވޭގައި ރާއްޖޭގެ ކަނޑުގައި އުޅެމުން އަންނަ މަސްމަހާމެހީގެ އިތުރުން މުރަކައިގެ ދިރުންތަކަށް އަންނަ ބަދަލުތައް ވެސް ފާހަގަކުރާއިރު މި ސާވޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާ އެކުގައިކަން ކަށަވަރު ކުރުމެވެ.

މި ދިރާސާގައި އެއްކުރެވޭ މައުލޫމާތު ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި ބޭނުން ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ދިރާސާއާ އެކު ކަނޑުފަޅުގެ ދިރުން އާލާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ 'ނޫ އިގްތިސާދު' ކުރިއެރުވުމަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ އެވެ.

ހދ. ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ ކަނޑުފަޅުގެ ދިރާސާ އިވެންޓްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގައި ހުރި ދިރުންތަކަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ ސައިންޓިފިކް ދިރާސާ ތަކެއްގެ ތެރެއިންކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ތަރައްގީ ކުރެވޭނީ ކަނޑާއި ފަޅާއި ފަރުތައް ހިމާޔަތްކޮށްގެން ކަމަށްވެސް ރައިސް ވިދާޅުވި އެވެ. ކުރިއަށް ގެންދަންޖެހޭ ތަރައްގީގެ މަޝްރުއުތައް އެބަހުރި ކަމަށާއި، އެހެން ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް އަންނަން އޮތް ޖީލުތަކަށް އެ ގުދުރަތީ ވަސީލަތްތައް ފޮރުކޮށްދެވޭނޭ ގޮތެއްގެ މަތިން ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް