ads
މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން: ފޮޓޯ: ސީއެންއެމް
މާލޭގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދެނީ
މާލެ ސަރަހައްދުގައި ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ ހުއްދަ ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
Advertisement

މިކަމާއި ގުޅޭގޮތުން، ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މަގުމަތީ ބާޒާރު، އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި މަގުމަތީ ބާޒާރު މާލޭ ސިޓީގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެެ.

އެ އިއުލާުނުގައިވާގޮތުން މަގުމަތީ ބާޒާރު މާލެ ސިޓީގައި ބާއްވަން ހުއްދައަށް އެދޭ ފޯމް މާލޭ ސިޓީ ކައުންސިލުން ލިބެން ހުންނާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން 2019 ގައި އާންމުކުރި، މަގުމަތީގެ ބާޒާރުތަކާއި ނައިޓް މާކެޓު އަދި ފެއާތަކުގައި އަމަލުކުރަން ޖެހޭ އުސޫލުގައި އޮންނަ ގޮތުން، މި ގޮތަށް ވިޔަފާރި ކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއަކަށެވެ.

ކެއުމުގެ ބާވަތްތައް ވިއްކާ ނަމަ، ރަޖިސްޓަރީ ކުރާ ކުންފުނި ނުވަތަ ޖަމިއްޔާ އިން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނަގާފައިވޭތޯ ކަށަވަރު ކުރަން ޖެހެ އެވެ. އަދި ވިއްކާ ހުރިހާ މުދަލެއްގައި ވެސް އާންމުންނަށް ފެންނާނެހެން އަގު ޖަހައިފައި ހުންނަން ޖެހޭނެ އެވެ.

މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 10:00 13:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާގައިވާ މާލޭ ސިޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޝަން ސެކްޝަނުން ކަމަށް އެ އިއުލާނުގައި ވެއެވެ. 

މަގުމަތީގެ ބާޒާރުތަކުގައި އިމްޕޯޓު މުދާ ވިއްކާ ނަމަ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ވާން ޖެހޭ ގޮތަށް ވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ ދޫކުރަނީ ރަށެއްގައި ނަމަ، ރަށު ކައުންސިލުންނެވެ. އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް