ސޯޝަލް މީޑިއާގައި ވިރާޓް އަދި އަންހެނުން އަނުޝްކާއަށް އިންޒާރު ދިން މީހާ ބުނީ ވަމިކާ ރޭޕްކުރުމަށް ފަހު މަރާލާނެ ކަމަށެވެ.
މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާން އަތުން އިންޑިއާ ބަލިވުމުން އިންޑިއާ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޝާމީއަށް ފާޑުކިޔުންތައް އަމާޒުވިއެވެ.
އެގޮތުން ފާޑުކިމީހުން ވަނީ އޭނާ އަކީ ޕާކިސްތާނަށް ވިކިފައި ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ގައުމު ވިއްކާލާފަ ހުރި މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
ޝާމީއަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ވިރާޓް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ. އެގޮތުން ވިރާޓް ބުނީ ދީނާ ގުޅުވައިގެން މީހަކަށް ފުރައްސާރަކުރުމަކީ އިންސާނަކަށްވެ ހުރެ އޭނާއަށް ފެނުނު “އެންމެ ތާކުންތާކު ނުޖެހޭކަން” ކަމަށެވެ.
ނަމަވެސް ޝާމީއަށް މީހުން ކިޔާ ފާޑުކިޔުންތައް ނުހުއްޓުނުތާ މީހުން ވިރާޓް އާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުތައް ވެސް ފޮނުވަން ފެށިއެވެ.
ވިރާޓްގެ ދަރިފުޅު ރޭޕްކޮށް މަރާލާނެ ކަމަށް މީހަކު އިންޒާރު ދިނެވެ.
އެ މައްސަލަ އިންޑިއާ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ.
ވިރާޓް އާއި އަނުޝްކާގެ ދަރި ވަމިކާއަށް އަދި އެއް އަހަރު ވެސް ނުފުރެއެވެ.
އެ މައްސަލައިގައި އިންޑިއާ މަމްބައި ޕޮލިސްގެ ސައިބާ ޑިވިޝަނުން ހައްޔަރުކޮށްފައިވަނީ އެގައުމުގެ ހައިދަރުއާބާދަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ސޮފްޓްވެއާ އިންޖީނިއަރެއް ކަމަށްވާ ރަމްނަގޭޝް އަލިބާތިނީ އެވެ. އޭނާ އަކީ ފުޑް ޑެލިވަރީ އެޕެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
ތުހުމަތު ކުރެވޭ މީހާ ވަނީ ރޭޕްކުރާނެ ކަމުގެ އިންޒާރުދީ ކުރި ޓްވީޓްތައް މިހާރު ޑިލީޓްކޮށްފަ އެވެ.
އެ މައްސަލަ އެގައުމުގެ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.