ads
ބީއެމްއެލް އިން މިއަދު ބޭއްވި ދުވުމުގެ ތެރެއިން.. ފޮޓޯ/ބީއެމްއެލް
ނުކުޅެދޭމީހުންނަށް އެހީވާން ދެ ޖަމިއްޔާ އަކަށް ބީއެމްއެލް އިން 80 ހާސް ރުފިޔާ ދީފި
މުޖުތަމައުއަށް ފައިދާހުރި ހިދުމަތްތަކެއް ކޮށްދެއްވާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ “ސްޓާފް ޗެރިޓީ ރަން” މިއަދު ބާއްވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާ ދެ ޖަމިއްޔާއަކަށް 80 ހާސް ރުފިޔާ ބީއެމްއެލް އިން ހަދިޔާކޮށްފިއެވެ.
Advertisement

ބންކުގެ ސްޓާފުން ބައިވެރިވި މި ދުވުމުގެ ބައިވެރިން 80 ހާސް ރުފިޔާ ހަދިޔާކޮށްފައިވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން ގެ ޕްރޮގްރާމްތައް ހިންގުމަށެވެ.

މި އެހީގައި ޑެފް އެސޯސިއޭޝަންއިން  ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައިވާއިރު ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 30 ބިހޭވިއޮރަލް ތެރަޕިސްޓުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" އަލުން ފަށާ މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 

މީގެ އިތުރުން  މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ ބީއެމްއެލްގެ މުވައްޒަފުންނަށް ސޯޔާ ވަނީ ޝުކުރުއަދާ ކޮށްފައެވެ.

މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. 

ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި މި ދުވުމުގައި ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް