ads
މޭރީ ގްރޭސް ޕިނޭޑާ އޭނާގެ ފިރިމީހާއާއިއެކު-----
އައިޖީއެމްއެޗް ނަރުހުގެ ހަށިގަނޑު ގައުމަށް ފޮނުވާލައިިފި
މިިދިޔަ މަހުގެ 26 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން އައި ފިލޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ހަށިގަނޑު އޭނާގެ އާއިލާ އަށް ހަވާލުކޮށްފި އެވެ.
Advertisement

އޭނާގެ ހަށިގަނޑު ދާދި ފަހުން ވަނީ ބޭރަށް ގެންގޮސް ޕޯސްޓުމޯޓަމް ވެސް ހައްދައިފަ އެވެ.

މޭރީގެ މަރުވީ ދަންޖެހިގެން ކަމަށް އޭރު މީޑިއާ ތަކުގައި ފެތުރުނު ނަމަވެސް ޕޯސްޓުމޯޓަމްގެ ނަތީޖާ ތަކުން ދެއްކީ މޭރީ މަރުވެފައި ވަނީ ހާސްކޮށްލުމުގެ ސަބަބުން ކަމަށެވެ.

އޭނާގެ މަރާއެކު އައިޖީއެމްއެއްގައި މަަސައްކަތް ކުރަމުން އަންނަ އޭނާގެ ފިރިމީހާ ބަންދު ކޮށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހައިފަ އެވެ. އަނެއްކާ ވެސް އޭނާގެ ބަނދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ އަދިވެސް ގެންދަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގްރޭސް މަރުވެފައިވަނީ މަސައްކަތުން ލިބުނު ހުސް ވަގުތު ކޮޅެއްގައި ގެއަށް ދިޔަ ފަހުންނެވެ. ގްރޭސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ވެ އެވެ. އަދި އޭނާ އަށް އަނިޔާތަކެއް ލިބިފައިވާ ކަމުގެ ނިޝާންތަކެއް ހަށިގަނޑުން ފެނިފައިވާ ކަމަށް ވެ އެވެ. 

މައުލޫމާތު ލިބޭ ގޮތުން ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ފިރިމީހާ އެވެ. އަންހެނުންގެ މަރާއި ގުޅިގެން އެންމެ ފުރަތަމަ އޭނާ ބުނެފައި ވަނީ ގްރޭސް މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. އެހެން ނަމަވެސް ފަހުން އަންހެނުން ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމަށް ބުނި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ގްރޭސް އޭނާގެ ފިރިމީހާ އާ ކައިވެނި ކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް