ads
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުން----
މަޖިލީހުގެ ބަޖެޓަށް 7 މިލިއަން އިތުރުކުރަން ހުށަހަޅަން ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓަށް ހަތް މިލިއަން ރުފިޔާ އިތުރުކުުރަން ބަޖެޓު ކޮމިޓީއަށް ހުށަހަޅަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރު މަޖިލީހުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާ ފިނޭންސް މިނިސްޓްރީން މަޖިލީހުން ފޮނުވީ 191 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެއަދަދު ފިނޭންސް މިނިސްޓްރީން ވަނީ އެޕްރޫވްކޮށް މަޖިލީހަށް ފޮނުވާފައެވެ.

ބަޖެޓު ކޮމިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުުރަން އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ކޮމެޓީ ފަަށްޓަވަމުން އެ ކޮމިޓީގެ ނައިބު މުގައްރިރު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ، މަޖިލީހުން ބަޖެޓުގައި ހިމަނަން ހުށަހެޅި 191 މިލިއަން ފިނޭންސުން އެޕްރޫވްކޮށްފައި ވީނަމަވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން މަޖިލީހުން ހުށަހެޅި ހަތް މިލިއަން ރުފިޔާ ފިނޭންސުން އަދި ހަމަޖައްސާދީފައި ނުވާކަމަށެވެ.

އެކަމާއި ގުޅޭގޮތުން މަޝްވަރާއަށް ހުޅުވާލުމުން، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމް ވިދާޅުވީ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން މަޖިލީހުން ހުށަހެޅި ކަންކަމަކީ ވަރަށް މުހިންމު ކަންކަން ކަމަށެވެ. 

އެގޮތުން އިމާރާތުގެ ލިފްޓުގެ ދަތިކަން ވަރަށް ބޮޑުކަމަށާއި، މިވަގުތު ސެކިއުރިޓީ މަތިކޮށްފައި އޮތުމުން އިތުރު ލިފްޓުތައްވެސް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ކޮމިޓީ ރޫމްތަކުގައި އިދާރީ ބޭނުމަށް ބޭނުންވާ ވަސީލަތްތައްވެސް އެންމެ އެކަށީގެންވާ ވަރަށް ނެތް ކަން ފާހަގަކުރެއްވިއެވެ. 

އެހެންކަމުން ބަޖެޓަށް ހަތް މިލިއަން އިތުރުކުރުމަށް ހުށަހަޅަން މެމްބަރު އަބްދުލްގަނީ ހުށަހެޅުއްވި ހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް