ads
އިއްުޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން———
ނަޝީދުގެ ވަކީލު، ރައީސް ސޯލިހް އާއި ބައްދަލުކުރައްވައިފި
މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ތަހުގީގަށް އެހީވާން ރައީސް ނަޝީދުގެ ފަރާތުން އައްޔަންކޮށްފައިވާ އިނގިރޭސިވިލާތުގެ ވަކީލު، ޖެނިން ކާސްޓީ ބްރިމިލޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ބައްދަލުކުރައްވައިފި އެވެ.
Advertisement

މިބައްދަލުވުން ބާއްވާފައިވަނީ މުލީއާގޭގައެވެ. 

އިއްުޔެ ބޭއްވި މި ބައްދަލުވުމަށް ފަހު ކާސްޓީ ކުރެއްވި ޓްވީޓެއްގައި ވާގޮތުން މަޝްވަރާކުރެއްވީ އޭނާގެ މުވައްކިލު ނަޝީދު އަވަހާރާކޮށްލަން މޭ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅޭ ގޮތުންނެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މި ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ. 

އޭނާ ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން ހަޔެއް މޭ ކޮމިޓީގެ މެމްބަރުންނާ ވެސް  ވަކިވަކިން ބައްދަލުކުރައްވާފައެެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ކަންތައްތައް ގާތުން ބައްލަވައި، ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބްރިޓިޝް ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް (ކިއޫސީ އޮފް ޑައުޓީ ސްޓްރީޓް) ކާސްޓީ ބްރިމިލޯ އައްޔަންކުރައްވާފައިވާކަން ހާމަކޮށްފައި ވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.

ކާސްޓީ ބްރިމިލޯ އަކީ ލަންޑަންނުގެ ޑައުޓީ ސްޓްރީޓް ޗެމްބާސްގެ މެމްބަރެއްގެ އިތުރުން ކުޅަދާނަ ވަކީލެކެވެ.

ރައްޔިތުންގެ މަޖިލީހުން ބުނާގޮތުން، ނަޝީދުގެ ފަރާތްޕުޅުން އައްޔަންކުރެއްވި ވަކީލާ ކާސްޓީ ބްރިމިލޯ އަށް ހަރަދުކުރައްވާނީ ރައީސް ނަޝީދު އަމިއްލަފުޅަށެވެ.  

ކާސްޓީ ބްރިމިލޯގެ މަަސައްކަތަކީ، ތަހުގީގަށް ހެކި އެއްކުރުމުގެ އިތުރުން ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް