ads
ބަންޑުން ޖަހާލި ޑިންގީ
ހދ އަތޮޅުގައި ޑީންގީއެއް ބަންޑުން ޖަހާލައިފި، މީހަކަށް ގެއްލުމެއް ނުވޭ
ހދ ނޮޅިވަރަމާައި ނޮޅިވަރަންފަރާ ދެމެދުން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
Advertisement

މިހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

ޑީންގީ ބަންޑުން ޖަހާލުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޑިންގީ ބަންޑުން ޖަހާލާފައިވަނީ މަހަށް ނުކުމެ އުޅެނިކޮށް އައި ވިލާގަނޑެއްގައި ޖެހި، ރާޅެއްގައި އެރުމުންނެވެ.

މިހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހާއިރު އެވެ. 

މިގޮތުން ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ފެނިފައި ވަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ ޑިންގީއެއް ބަންޑުންޖަހާލައިގެން ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮށެވެ. 

އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ވަނީ ވަގުތުން މިހާދިސާއަށް އެޓެންޑްވެ ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ. އަދި އެނބުރި ޑިންގީ އޮތް ސަރަހަށްދަށް ގޮސް ޑިންގީ ވަނީ ފުށުން ޖަހާފައެވެ. އަދި އެމްއެންޑީއެފް ގަލްފް ކްރާފްޓް ލޯންޗްގައި ޑިންގީ ކަފުޖަހައިގެން މި ޑިންގީ މިހާރު ވަނީ ނޮޅިވަރަމަށް މިއަދު 17:15 ހާއިރު ގެންގޮސްދީފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް