ads
ވ އަތޮޅުގެ ލޯގޯ އިފްތިތާހް ކުރުން ފޮޓޯ ވ އަތޮޅު ކައުންސިލް
ވ.އަތޮޅު ކައުންސިލްގެ ސާވިސް ޗާޓަރު އަދި ލޯގޯ ރަސްމީކޮށް އިފްތިތާހު ކޮށްފި
ވ.އަތޮޅު ކައުންސިލް އިދާރާ "ޒަމާނީ ހިންގުމަށް" ބަދަލު ކުރުމަށް، ވ.އަތޮކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާޓަރު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ވ.އަތޮޅު ކައުންސިލްގެ އިދާރާ "ޒަމާނީ ހިންގުމަށް" ބަދަލުކުރުމަށް މި ގެނެވުނު ބަދަލު ތަކަށް ހާއްސަކޮށްގެން ހިންގުނު "ބްރޭންޑިންގ" މަސައްކަތްތަކުގައި، ކައުންސިލް އިދާރާގެ ރަސްމީ ލިޔެކިޔުންތައް ޒަމާނީގޮތަށް ފަރުމާކޮށް، ވ.އަތޮޅު ކައުންސިލްގެ "ކޯޕަރޭޓް އިމޭޖު" ދައްކުވައިދިނުމަށް ބޭނުންކުރާނެ ތަފާތު އުފެއްދުންތައްވަނީ ތަޢާރަފުކޮށްފައެވެ. 

your imageވ އަތޮޅު ކައުންސިލް ލޯގޯ

މި ކަމަށްޓަކައި ބޭއްވި ރަސްމީ ހަފްލާ ގައި މުވައްޒަފުންގެ ކާޑައި ކޯޕަރޭޓް ޔުނިފޯމާއި އިދާރާއިން ބޭރުގައި ހިންގާ ޙަރަކާތްތަކުކައި ބައިވެރިވާއިރު ބޭނުންކުރާނެ ޔުނިފޯމާއި ޕްލާސްޓިކް ފުޅީގެ ބަދަލުގައި އިދާރާގައި ބޭނުންކުރާނެ ފެންފުޅި ފަދަ ތަކެތި އިފްތިތާޙް ކޮށްފައި ވެއެވެ. 

your imageލޯގޯ އިފްތިތާހްކުރުމުގެ ހަފްލާގައި ބައިވެރިވި ވ އަތޮޅުގެ ބައެއް އިއްޒަތްތެރިން

11 ނޮވެމްބަރ 2021 ވީ ބުރާސްފަތި ދުވަހުގެރޭ 8:30ގައި ފެލިދޫގައި ހުންނަ ވ.އަތޮޅު ކައުންސިލް އިދާރާގައި އޮތް މިހަފްލާގައި ވ.އަތޮޅު ކައުންސިލް ރައީސް ޝުޖާޢު ޢަލީ ދެއްކެވި ވާހަކަފުޅުގައި  ކައުންސިލް އިދާރާގެ އިދާރީ ހިންގުމަށް  މި ގެނެވޭ ބަދަލުތަކުގެ ބޭނުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް، ހަލުވިކޮށް،  ކައުންސިލްގެ ނިޒާމު ހިންގުމުގައި ވ.އަތޮޅުން ނަމޫނާ މަސައްކަތްތަކެއް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި ވ. އަތޮޅު ކައުންސިލް ދެމި އޮންނާނީ ތަފާތު ދައްކައި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ރަށްރަށަށް ގެނެސްދިނުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރާ ނަމޫނާ ކައުންސިލެއްގެގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. 

your imageރައިސްމިއްޔާތުގައި ބައިވެރިވި ބައެއްބޭފުޅުން

ވ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އިމްތިޔާޒު ޝަރަފްވެރި ކޮށްދެއްވި، މި ރަސްމިއްޔާތުގައި އިފްތިތާޙްކުރެވިގެން ދިޔަ އަތޮޅު ކައުންސިލްގެ ސާރވިސް ޗާރޓަރަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މިންގަނޑުތަކާއި މުއްދަތާއި މި ޚިދުމަތްތައް ހޯއްދެވުމަށް އާއްމުން ޢަމަލުކުރައްވަންވީ ގޮތް ބަޔާންކުރާ ލިޔުމެކެވެ. މި ޗާރޓަރ ހަފްލާއަށް ހުށަހަޅުއްވައިދެއްވީ ފެލިދެއަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓިވް ޢަބްދުލް މަޖީދު ޢަބްދުލްޢަނީއެވެ. 

your imageލޯގޯއާއި ސާވިސް ޗާޓަރު އިފްތިތާހު ކުރުމުގެ ހަރަކާތުގެ ތެރެއިން

ވ.އަތޮކައުންސިލް އިދާރާގެ އަމިއްލަ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވ.ކެޔޮދޫ ދާއިރާގެ ޙުސައިން ޤާސިމް ބައިވެރިވެވަޑައިގެން ދެއްވައި ލޯގޯ އިފްތިތާހް ކޮށްދެއްވުމުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. 

މި ހަފްލާގައި ފެލިދުއަތޮޅު ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ޒިންމާދާރުވެރިނާއި  އަދި ވ.ފެލިދޫގެ ސަރުކާރުގެ އިދާރާތަކުގެ ވެރިން އަދި ވ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް