ads
އާސަންޖް އާއި މޮރިސް
އަސާންޖަށް ކައިވެނި ކުރުމުގެ ހުއްދަ ދީފި
އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ލީކް ކޮށްލި ވިކިލީކްސްގެ ފައުންޑަ ޖޫލިއަން ޕައުލް އަސާންޖަށް ޖަލުގައި ހުރެ ކައިވެނި ކުރުމުގެ ހުއްދަ ދީފި އެވެ.

އިނގިރޭސިވިލާތުގެ ޖަލު ތަކާއި ބެހޭ އިދާރާ އިން މި ހުއްދަ ދިން ނަމަވެސް ކައިވެނި ކުރާނެ ތާރީހެއް އަދި އޭނާ ހާމަައެއް ނުުކުރެ އެވެ.

އަސާންޖްގެ ލޯބިވެރިޔާ އަކީ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މޮރިސް ނަމަކަށް ކިޔާ ވަކީލެކެވެ. އެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދުނީ އަސާންޖް ލަންޑަންގައި ހުންނަ އިކްއެެޑޯ އެމްބަސީގައި ބަންދުވެގެން ހުއްޓާ 2015 ވަނަ އަހަރު ކަމަށް ހަަބަރުތައް ބުނެ އެވެ. އޭގެ ދެ އަހަރު ފަހުން އެ ދެމީހުން ވަނީ އެންގޭޖްވެފަ އެވެ. 

އަސާންޖް މިވަގުތު ހުރީ އިނގިރޭސިވިލާތުގެ ޖަލެއްގަ އެވެ. އޭނާ ބަންދުގައި ބަހައްޓާފައި ހުރީ އެމެރިކާގެ ސަރުކާރާއި އޭނާ ހަވާލު ކުރުމާއިމެދު ކޯޓުން ގޮތެއް ނިންމަންދެނެވެ.

އޮސްޓްރޭލިއާ އަށް އުފަން އަސާންޖަކީ 2006 ވަނަ އަހަރު އުފެދުނު ވިކިލީކްސްގެ ފައުންޑަރުގެ އިތުރުން ނޫސްވެރިއެެއް އަދި އެކްޓިވިސްޓެކެވެ. ވިކިލީކްސް ދުނިޔޭގެ ސަމާލުކަމަށް އައީ ޔޫއެސްގެ އާމީ އިންޓެލިޖެންސް އެނަލިސްޓަކު ފޯރުކޮށްދިން އެ ގައުމު ޑިފެންސާއި ގުޅޭ ސިއްރު ލިޔެކިޔުންތަކެއް 2010 ވަނަ އަހަރު ލީކްކޮށްލުމާއި ގުޅިގެންނެވެ.

އަފްގާނިސްތާނާއި، އިރާގްގެ ހަނގުރާމަ އާއި ގުޅޭ ލައްކައެއް ހާ ޑޮކިއުމެންޓްސް އެ ފަހަރު ވަނީ ލީކުކޮށްލައިފަ އެވެ. އޭގެތެރޭގައި އިރާގްގެ ރައްޔިތުންތަކެއްގެ ގަޔަށް ބަނޑިޖަހާ، މަރާ މަންޒަރު ދައްކުވައިދޭ ފުޓޭޖްތަކެއް ވެސް ހިމެނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް