ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. ބަންގްލަދޭޝް މޮޅުވި ލަނޑަކީ މެޗުގެ ފަހު ކޮޅު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މިއީ ވޭތިވެ ދިޔަ އަށާރަ އަހަރު ތެރޭ ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ފުރަތަމަ ފަހަރެވެ. ދެހާސް ތިންވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޑާކާގައި ބަންގްލަދޭޝް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި ރާއްޖެ ބަލިވީ ފަހުން ރާއްޖެ ބަންގްލަދޭޝް އަތުން ބަލި ނުވެއެވެ.
މި މުބާރާތުގެ ފުރަތަަމ މެޗުގައި ރާއްޖެވަނީ ލަންކާ އަތުން ލަދުވެތި ގޮތަކަށް ޕޮއިންޓް ގެއްލުވާލާފައެވެ. ހަތަރު ލަނޑު ސުން ލަނޑުން ކުރީގައި އޮތް އެ މެޗުގައި ލަންކާއިން ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހީ މެޗުގެ ފަހު ވިއްސަކަށް މިނިޓް ތެރޭގައެވެ.
މި މުބާރާތުގެ ލީގު ބުރުގައި ރާޢްޖެން ކުޅެން ޖެހޭ ފަހު މެޗުގައި ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ.