ފެނަކައިން ބުނީ ރައްޔިތުންނަށް ވަވުތުން ކަރަންޓް ބިލް ހަވާލުކުރުމުގެ މި ހިދުމަތާއިއެކު މީޓަރުން ނެގޭ ރީޑިން އާއި ހިދުމަތް ހޯދާ ފަރާތުން އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ ތަފްސީލް ވަގުތުން ލިބުމާއިއެކު ބިލްގައި މައްސަލައެއް ފާހަގަވާނަމަ ބިލް ތައްޔާރު ކުރި މުވައްޒަފުންނަށް ލަސްނުކޮށް މައްސަލަ ހިއްސާ ކުރެވޭނެ މަގު ފަހިވެގެން ދާނެ ކަމަށެވެ.
އަދި ހިދުމަތް ހޯދުމަށްފަހު ނެގޭ ރީޑިންއަށް ސިސްޓަމްއިން ތައްޔާރު ކުރެވޭ ބިލް ރައްޔިތުމީހާއަށް ލިބުމާއިއެކު، ހިދުމަތް ހޯދާ ތަނަކުން ފެނަކައަށް ދައްކަންޖެހޭ ބިލްތަކުގެ ފައިސާ "ފެނަކަ ބިލް-ޕޭ" އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.
މީގެ އިތުރުން ރީޑީން ޑިވައިސް މެދުވެރިކޮށް ތައްޔާރު ކުރެވޭ ބިލްތަކަކީ ތާމަލް ރޯލް އަށް ޕްރިންޓް ކުރެވޭ ބިލްތަކަކަށް ވާތީ، ބިލް ޕްރިންޓް ކުރުމަށް ފެނަކައިން ކުރިން ކުރަމުން އައި ހަރަދު ކުޑަވެގެން ދިއުމާއި، މަސައްކަތުގެ މައިދާނުގައި ޒަމާނީ ޓެކްނޮލޮޖީއާއިއެކު ޒަމާނީ ވަސީލަތްތަކެއްބޭނުން ކުރަން ފެށުމުގެ ސަބަބުން، މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފަސޭހަ ކަމަކާއި ފުރިހަމަ ކަމެއް ގެނެސްދީ މަސައްކަތްތައް ނިންމުމަށް ހޭދަވާ ވަގުތު ސަލާމަތް ވެގެން ދާނެކަމަށްވެސް ފެނަކައިން ބުނެއެވެ.
ހިދުމަތުގެ ބިލު ވަގުތުން ލިބުމާއިއެކު "ފެނަކަ ބިލް ޕޭ " އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ޔުޓިޔިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި، ހިދުމަތުގެ އަގު ނެގުމަށް މިހާރު ތައްޔާރުކުރުމަށް ކުރެވޭ ބިލަކީ ހުރިހާގޮތަކުންވެސް ރައްކާތެރި އަދި ފަސޭހަކަން ލިބިގެންދާނެ އެޕްލިކޭޝަނަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނަަކައިން ބުނީ މި ހިދުމަތުގެ މަގުސަދަކީ ޔުޓިލިޓީ ބިލުތަކުގައި ދިމާވާ މައްސަލަތައް މުވައްޒަފުންނަށް ދެނެގަނެވި، ހިދުމަތް ލިބިގަންނަ ރައްޔިތުމީހާއަށް އަވަސް ހައްލެއް ހޯދައިދެދިނުން ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ފަންނީ ޤާބިލު މުވައްޒަފުންނާއިއެކު ހިދުމަތް ފަހަތުން ރައްޔިތުމީހާ ދުވާދުވުން ހުއްޓުވުން ކަމަށެވެ.
މި ހިދުމަތް ތައާރަފްކޮށްފައިވަނީ މިއަދު ހެނދުނު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.