ads
ޗޯރީގެ ޕޯސްޓަރެއްގައި ނުޝްރަތު…
ނުޝްރަތުގެ ތަފާތު ދައްކާލާނެ "ޗޯރީ" މިމަހު 26 ގައި އެމެޒޯން ޕްރައިމަށް!
“އަޖީބް ދާސްތާންސް” ފަދަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނުޝްރަތު ބަޗޫރާގެ ފުރަތަމަ ބިރުވެރި ފިލްމު "ޗޯރީ" މި މަހު 26 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ ގައި ރިލީޒްކުރަން ތާވަލްކޮށްފިއެވެ.

ފިލްމުގެ ޓީމުން ފޯރީގައި މިހާރު އަންނަނީ ޕްރޮމޯޝަންތައް ޖައްސާ ފިލްމު ރިލީޒްކުރުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވަމުންނެވެ.

މީގެ ކުރިން ފިލްމުގެ މޯޝަން ޕޯސްޓަރެއް އާންމު ކުރި ދާދި ފަހުން ވަނީ އެ ފިލްމުގެ ޓީޒާ ޓްރެއިލާ އެއްވެސް  އާންމުންނަށް ދައްކާލާފައެވެ.

"ޗޯރީ" ގައި ނުޝްރަތު ފެންނަނީ މާބަނޑު އަންހެނެއްގެ ރޯލުންނެވެ. ޓީޒާ އިން ފެންނަ މަންޒަރުތަކުން ބޮޑު ބަނޑަކާއެކު ނުޝްރަތަށް ދިމާވަމުންދާ ބިރުވެރި ކަންތައްތަކުން އިތުރަށް ފިލްމު ބަލާހިތް ކުރުވައެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓްކުރި އެ ފިލްމަކީވިޝާލް 2017 ގައި ގެނެސްދިން މަރާޓީ ފިލްމު "ލަޕަޗައްޕީ" ގެ ރިމޭކެކެވެ.

އެ ފިލްމު ވެގެންދާނީ ނުޝްރަތުގެ ފާހަގަކޮށްލެވޭ ފިލްމެއް ކަމަށް އޭނާ އަންނަނީ ބައެއް އިންޓަވިއުތަކުގައި ބުނަމުންނެވެ. އަދި މި ފިލްމުން އޭނާގެ ތަފާތު އިތުރަށް ދައްކާލާނެ ކަމަށާއި ފިލްމުގައި އެ ކުޅެފައިވާ ރޯލުން ބެލުންތެރިން އަންތަރީސް ވާނެ ކަމަށް މީގެ ކުރިން އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ނުޝްރަތު ބުނެފައިވެއެވެ.

ނުޝްރަތުގެ އިތުރުން ދެން އެ ފިލްމުން ފެންނާނީ މިތާ ވަޝިސްތު، ރާޖޭޝް ޖައިސް، ޝަގޫން ޝަރުމާ އަދި ސޯރަބް ގޯޔަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް