ads
އައިޖީއެމްއެޗް
އައިޖީއެމްއެޗް ލެބޯޓަރީގެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލުކޮށް ހިދުމަތްތައް ފަށައިފި
އައިޖީއެމްއެޗްގެ ލެބޯޓަރީގެ އެލިނިޓީ ސީއެލް މެޝިންތަކަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރަކު ސީއެންއެމް އަށް ވިދާޅުވީ، އައިޖީއެމްއެޗްގެ ލެބޯޓަރީން ލޭގެ ޓެސްޓު ހެއްދުން ވަގުތީ ގޮތުން މިިދިޔަ ހޯމަ ދުވަހު މެދުކަނޑާލާފައި އޮތުމަށް ފަހުން އަލުން ހިދުމަތްދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ދިމާވި މައްސަލައާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިތަކެއް ދިމާވެފައިވާތީ ހޮސްޕިޓަލުން ވަނީ މައާފަށް އެދިފައެވެ.

އެ ހޮސްޕިޓަލަކީ މާލޭގެ އިތުރުން އަތޮޅުތަކުގެ ރައްޔިތުންވެސް ގިނަ އަދަދަކަށް ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. 

އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭގެ ޓެސްޓު ހަދާ މެޝިންތަކަށް ދިމާވި ދަތިތަކާއެކުމާ އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލަށް ބާރުބޮޑުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް