ads
ޝަބާނާގެ ކާރު އެކްސިޑެންޓުވެ އޭނާއަށް އަނިޔާވުން
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ފަރްހާނުގެ ދޮންމަންމަ އައިސީޔޫގައި
ފަރްހާން އަކްތަރުގެ ދޮން މަންމަ، ޝަބާނާ އަޒްމީއަށް އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަަމަށް ޝަބާނާގެ ފިރިމީހާ ޖާވިދު އަކްތަރު ބުނެފި އެވެ.
ފަރްހާން އަކްތަރުގެ ދޮން މަންމަ ޝަބާނާ އަޒްމީއަށް އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަަމަށް ޝަބާނާގެ ފިރިމީހާ ޖާވިދު އަހްތަރު ބުނެފި އެވެ.

ޖާވިދު ނޫސްތަކަށް ބުނި ގޮތުގައި އައިސީޔޫގައި ޝަބާނާ އޮތް ނަމަވެސް ހާސްވާން ޖެހޭ ސަބަބެއް ނެތެވެ. އެއީ އޭނާގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އޭނާގެ ހާލު އެހާ ގޯހެއް ނޫނެވެ. އެކަމަކު ލިބުނު އަނިޔާތަކުން މުޅިން ރަނގަޅުވުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށްވެސް އޭނާ ބުނެ އެވެ.

އެކްސިޑެންޓު ހިނގިއިރު ޝަބާނާއެކު ކާރުގައި ޖާވިދު އަހްތަރު ވެސް އިން ކަމަށްވެ އެވެ. އެކަމަކު އޭނާއަށް އަނިޔާއެއް ނުލިބެ އެވެ. އަނިޔާ ލިބުނީ ޑްރައިވަރަށާއި ޝަބާނާ އަށެވެ.

ޝަބާނާގެ ކާރު ޓްރަކުގައި ޖެހުނީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެހެންވެ ޝަބާނާގެ ޑްރައިވަރާ ދެކޮޅަށް ޓްރަކު ދުއްވަން އިން މީހާ ވަނީ ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.

ޝަބާނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ ރޭގެ ވަގުތެއްގައި ފަރްހާނާއި އޭނާގެ ލޯބިވެރިޔާ ޝިބާނީ ވެސް އޭނާއަށް ގޮވާލުމަށް ހޮސްޕިޓަލަށް ގޮސްފައިވެ އެވެ.

ޝަބާނާއަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރި ފަރާތެކެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އާހް" އާއި "ސްވާމީ" އާއި "އަންކުރް" އަދި "މަޑްރޫ ކީ ބިޖްލީ ކީ މަންޑޯލާ" ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް