ads
ރަތަފަންދޫ ބެލެނިވެރިންނަށް އެންއައިއީ އިންވަނީ ހޭލުންތެރި ކުރުމުގެ ސެޝަނެއް ހިންގާފައި
ރަތަފަންދޫ ސުކޫލާއި އެންއައިއީ ގުޅިގެން ޕޭރެންޓް އެވެއާނަސް ސެޝަނެއް ބާއްވައިފި
ގދ ރަތަފަންދޫ ސުކޫލާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން ރަތަފަންދޫ ސުކޫލުގެ ބެލެނިވެރިންނަށް ޕޭރެންޓް އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ރަތަފަންދޫ ޕްރިންސިޕަލް ހަސަން ޒަރީރު ވިދާޅުވީ މި ސެޝަނަކީ ކުދިން ތަރުބިއްޔަތުކުރުމާއި ޒިންމާތަކާއި ޕޭރެންޓިން ސްޓައިލް ބެލެނެވެރިންނަށް ހިއްސާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ސެޝަނެއް ކަމަށެވެ. 

45 ބެލެނެވެރިންނާއި އެކު ކުރިއަށް ގެންދެވުނު މި ސެޝަންގައި ބެލެނެވެރިންގެ ޕްރެޒެންޓް ކޮށްދިނުންވެސް ހިމެނެއެވެ. 

"ހުރިހާ ބެލެނިވެރިންގެ ބައިވެރިވުންވެސް ހަމަ ވަރަށް ރަނގަޅު. ބެލެނިވެރިންގެ އެއްބާރުލުން މިކަހަލަ ކަންތައްތަކުގައި ލިބޭތީ އަޅުގަނޑު އުފާކުރަން" ޒަރީރު ވިދާޅުވިއެވެ.

ރަތަފަންދޫ ސްކޫލުން ބުނީ މީގެ ކުރިންވެސް ތިނަދޫ ސުކޫލާއި ގުޅިގެން ދަރިވަރުންނަށާއި ޓީޗަރުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.  ދަރިވަރުންނަށް ޖީސީއީ އަށް ތައްޔާރުވުމަށް ގެންގުޅެވޭނެ ބައެއް ފަސޭހަ އުކުޅުތައް މިސެޝަނުން އެނގިގެން ދިޔަ ކަމަށްވެސް ރަތަފަންދޫ ސުކޫލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް