ads
ޓާފް ދަނޑުގައި މީދޫ ޒުވާނުން މިރުސްގަސް އިންދަނީ
ޓާފް ދަނޑުގެ މަސައްކަތް ކުރިއަށް ނުދާނަމަ މިރުސް އިންދައިގެން ނަފާ ހޯދާނަން: މީދޫ ޒުވާނުން
ރ މީދޫ ޓާފް ދަނޑުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދާ ނަމަ އެދަނޑުގައި މިރުސް އިންދައިގެން ނަފާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މީދޫ ޒުވާނުން ބުނެފިއެވެ.

މީދޫ ދަނޑަކީ 2020 ވަނައަހަރުގެ އޮކްޓޫބަރު މަހުގެތެރޭ އާރުޑީސީ އާ ހަވާލުކޮށް ޖުމްލަ 50 ދުވަހުގެތެރޭ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ. 

ރ މީދޫ ޒުވާނެއްކަމަށްވާ އަބްދުލް ބާސިތު ރަޝީދު ސީއެންއެމް އަށް ވާހަކަ ދައްކަމުން ބުނީ އެދަނޑުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި، އެހާ ގިނަ ދުވަސްތަކެއް ވެފައިވާތީ މިރުސްގަސްތައް އިންދުމުގެ މަސައްކަތް ކުރީ ކަމަށެވެ. 

your imageމިރުސްގަސް އިންދަނީ

"އަޅުގަނޑުމެންގެ މިމަސައްކަތްތައް ކުރިއަށް ގެންދާނަން މަސައްކަތް ނުކުރަންޏާ. އަދި މިރުސް އިންދައިގެން ނަފާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން " ބާސިތު ބުންޏެވެ. 

މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ އެކަމަކީ ޒުވާނުް އިސްނަގައިގެން ކުރާ ކަމެއް ކަމަށެވެ. 

your imageމީދޫ ޒުވާނުން އިހްތިޖާޖުގައި

"ސަރުކާރަށް ދޭމެސެޖެއް ކަމަށް ބެލެވެނީ. ޒުވާނުން ކުރާ ކަމެއް އެއީ" ޝަރީފް ވިދާޅުވިއެވެ. 

ބާސިތު ބުނީ އެމަސައްކަތް ކުރުމަށް އެރަށަށް ގެންގޮސްފައިހުރި ވެހިކަލްތަކުގެ ތެރެއިން ގިނަ ވެހިކަލްތައް ގެންގޮސްފައިވާ ކަމަށެވެ. ޒުވާނުން ބުނަނީ އޭގެ މާނައަކީ ދަނޑު ހެދުމުގެ ޝައުގުވެރިކަމެއް ނެތުން ކަމަށެވެ. 

ބާސިތު ބުނީ އެތަނަށް ބޭނުންވާނީ ގިނަވެގެން 100 ވަރަކަށް ޖަމްބޯ ވެލި ކަމަށެވެ. އެހެންނަމަވެސް ދަނޑުގެ ސަބްބޭސް އަށް ބޭނުންވާ ވެލި ނުލިބޭތީ އެމަސައްކަތް ހުއްޜޓިފައިވާކަމަށް އާރުޑީސީން ބުނާކަމަށް ބާސިތު ބުންޏެވެ. 

ދަނޑުގައި ޓާފް އަޅަން ބޭނުންވާ ޓާފްވެސް ޓާފްވެސް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އެމަސައްކަތް ހަވާލު ކޮށްފައިވަނީ އެހެން ބަޔަކާއެވެ.  

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް