ads
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ރޮހިންގާ ޗެރިޓީ މެޗުން ލިބުނު ފައިސާތަކެއް ގެއްލިއްޖެ
ރޮހިންގާގެ މުސްލިމުންނަށް އެހީވުމަށް އެފްއޭއެމުން ދެހާސް ސަތާރަވަނަ އަހަރު ކުޅުނު ޗެރިޓީ މެޗުން ލިބުނު ފައިސާއިން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނު މައްސަލަ ފެންމަތިވެއްޖެއެވެ. މިކަން ފެންމަތިކޮށްފައިވަނީ، ޓްރާންސްޕޭރަންސީއަށް ވަކާލާތު ކުރައްވާ އައިމަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Advertisement

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެފަދަ މައުލޫމާތު ހޯއްދަވައި އާއްމު ކުރައްވަމުން އަންނަ އައިމަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ދެހާސް ސަތާރަވަނަ އަހަރު އެފްއޭއެމުން ހިންގި ޗެރިޓީ ހަރަކާތަށް ލިބުނު ފައިސާތަކެއް ގެއްލުނުކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިނގި މަޝްވަރާއެއްގެ ޓްރާންސްކްރިޕްޓް އާއްމު ކުރައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ރެކޯޑިންގ ރައްޔިތުންގެ މަޖިލީހުގެ ޔޫޓިއުބް ޗެނަލްގައި މިހާރުވެސް އެބައޮތެވެ. އެއީ މި އަހަރުގެ އޮގަސްޓް މަހު އޮތް ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރައްޔިތުންގަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ދެއްކެވި ވާހަކަފުޅުން އެނގޭ ގޮތުގައި ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ނަމުގައި އެފްއޭއެމުން ހިންގި ހަރަކާތްތަކުން ލިބުނު ފައިސާގެ ތެރެއިން ބައެއް ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި މިކަން އޭސީސީން ތަހުގީގު ކުރިކަންވެސް ނާޝިޒުގެ ވާހަކަފުޅުން އެނގެއެވެ.

ޗެރިޓީ ފުޓްބޯޅަ މެޗަގައި ބައިވެރިވި ބައެއް ކުޅުންތެރިންގެ ޖަރޒީއާއި ބޫޓާއި މެޗު ބޯޅަ ފަދަ ތަކެތި ސްޕޮންސަރކޮށްގެން ލިބެން ޖެހޭ ފައިސާގެ ބައެއް ލިބިފައިނުވުމާއި ލިބިފައިވާ ފައިސާގެ ތެރެއިން ތިން ލައްކަ ހަތްދިހަ ހަތްހާސްރުފިޔާ ޚަރަދުކުރި ގޮތް އެނގެން ނެތުމާއި ފުޓްބޯޅަ މެޗުތަކާ ގުޅިގެން ލިބެންޖެހޭ ފައިސާއާ ލިބުނު ފައިސާ ހަރަދުކުރި ގޮތް އެނގެން ނެތް ފައިސާއާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއް، މި ސިޓީއަކީ ހަގީގަތުގައި ސްޕޯޓްސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓިއެއް.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ދެހާސް ސަތާރަވަނަ އަހަރު ހިންގި މި ހަރަކާތްތަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެފްއޭއެމުން އޭރު ބުންޏެވެ.

your imageރޮހިންގާ ޗެރިޓީ މެޗުގައި ވިއްކި ރައީސް ޔާމީންގެ ޖަރޒީ

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އެފްއޭއެމުން އިންތިޒާމުކޮށްގެން އެ ފަހަރުވަނީ ޗެރެޓީ ހަތަރު މެޗެއް ކުޅެފަ އެވެ. އެއީ އެ މެޗުތަކުގައި ކެބިނެޓުގައި އޭރު ތިއްބެވި މިނިސްޓަރުންގެ ޓީމަކާއި މަޖިލިސް މެންބަރުންގެ ޓީމަކާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ ޓީމަކާއި ފިލްމީ ތަރިންގެ ޓީމެއްގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމާއި ވެޓަރަންސް ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މި މެޗްތަކުގައި ކުޅުނު ކުޅުންތެރިންގެ ޖާޒީތައް ވެސް ވަނީ ބޮޑެތި އަގުތަކުގައި ނީލަން ކިޔާފަ އެވެ. އަދި މެޗްތައް ހިނގަމުން ދިޔައިރު ދަނޑުގައި ވަނީ ފަންޑު ފޮއްޓެއްވެސް ބަހައްޓާފަ އެވެ.

your imageރޮހިންގާ ޗެރިޓީ މެޗުގެ ތެރެއިން

އެފްއޭއެމުން އޭރު ބުނެފައިވަނީ އެ އިވެންޓުގައި އެންމެ އަގުބޮޑުކޮށް ވިއްކާލާފައިވަނީ އަށާރަ ނަންބަރު ޖަހާފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖާޒީ ކަމަށެވެ. މި އިވެންޓް އިންތިޒާމްކުރުމުގައި އެފްއޭއެމްގެ ފަރާތުން އިސްކޮށް އުޅުނީ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުއެވެ. އެފްއޭއެމްގެ ރައީސަކަސް އޭރުވެސް ހުރީ ބައްސާމް އަދީލް ޖަލީލްއެވެ.

0%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް