ads
ލ.ގަން--ފޮޓޯ: އެޑިޝަން
ލ އަތޮޅާއި ހުވަދު އަތޮޅަށް ހޭނައްތާ ޑޮކްޓަރުން ލިބޭނެ ދުވަހެއް ނޭނގޭ: ހޮސްޕިޓަލްތައް
ލ. އަދި ހުވަދޫ އަތޮޅުގެ ހޮސްޕިތަލް ތަކަށް ހޭނައްތާ ޑޮކްޓަރުން ލިބޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް އެތިން އަތޮޅުގެ ހޮސްޕިޓަލްތަކުން ބުނެފިއެވެ.

ގއ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ފަރީޒް އަހްމަދު ސީއެންއެމްއަށް ވިދާޅުވީ އަދިވެސް ހޮސްޕިޓަލްއަށް ހޭނައްތާ ޑޮކްޓަރެއް ލިބިފައި ނުވާކަމަށާއި، އަދި ހަމައެހެންމެ ހޭނައްތާ ޑޮކްޓަރެއް ލިބޭނޭ ދުވަހެއްވެސް ނޭނގޭ ކަމަށެވެ. 

" ކޮވިޑުވެ ވަބާ ދުނިޔެއަށް ފެތުރުމުގެ ސަބަބުން ހޭނައްތާ ޑޮކްޓަރުންގެ ޑިމާންޑް ބޮޑުވެގެންދިޔަ. ރާއްޖޭގައި މަސައްކަތް ކުރައްވާވަަރަަށް ގިނަ ޑޮކްޓަރުންވެސް ވަނީ ބޭރު ގައުމުތަކަށް ބަދަލުވެފަ. އުންމީދު ކުރަނީ މިމަސްތެރޭގައި ހޭނައްތާ ޑޮކްޓަރެއްގެ ހިދުމަތް ދޭން ފެއްޓޭނެކަމަށް"  މެނޭޖަރު ފަރީޒް ވިދާޅުވިއެވެ.  

ލ.ގަން ހޮސްޕިޓަލުން ބުނީ ހޭނައްތާ ޑޮކްޓަރެއްގެ މިހާރު ފ.އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރެއް ގެނެސްގެން ވަގުތީ ގޮތުންދޭން ފަށާފައިވާކަމަށެވެ. ހޮސްޕިޓަލުން އިތުރަށްބުނީ ހޭނައްތާ ޑޮކްޓަރެއް ނެތްތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ.

" ހޭނައްތާ ޑޮކްޓަރެއް މި މަހު 18 ވަނަ ދުވަހު ލިބޭނެ. އެކަމަކު އަދި ރަސްމީކޮށް އެނގިފައެއް ނުވޭ" ގަމު ހޮސްޕިޓަލުން ވާހަަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

ގދ.ތިނަދޫގައިވެސް ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ވަނީ އާންމު ރައްޔިތުން ގިނަ ގުނަ އުނދަގޫ ތަކާ ކުރިމަތިލާން ޖެހިފައެވެ. ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ވިހަންދާ ފަރާތަތަކަށްވަނީ އައްޑު އަތޮޅަށް ދިއުމަށް މަޖުބޫރު ވެފައެވެ. 

ހުވަދުއަތޮޅުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ދާދިފަހުން އައްޑުއަތޮޅަށް ދިޔަ ވާދޫ ދެމަފިރިއެއްގެ އަލަތު ދަރިފުޅު ވަނީ ނިޔާ ވެފައެވެ. ދަރިފުޅުގެ ބައްޕަ ސީއެންއެމްއަށް ކިޔައިދީފައިވާ ގޮތުގައި ދަރިފުޅު މަރުވީ ޑޮކްޓަރު އައުން ލަސްވުމާ ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް