މި މަސައްކަތް ހަާލުކުރެވިގެން ދިޔައީ ނޯރތު ކޯސްޓް ކޮންޓްރެކްޓާރް ޕްރައިވެޓް ލިމިޓެޑްއާއެވެ. އެފަރާތުން މިމަސައްކަތަށް ހުށަހަޅުއްވާފައިވަނީ ތޭރަ މިލިއަން ތިން ލައްކަ ނުވަހާސް ހަ ސަތޭކަ ތިން ރުފިޔާ އަށެވެ. މި މަސައްކަތް 290 ދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށް އެއްބަސްވެފައިވެއެވެ.
މިނިސްޓްރީ އޮފް އެޑިއުކެޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓާރ އޮފް ސްޓޭޓް އަހްމަދު ރިޔާޒެވެ. ނޯރތު ކޯސްޓް ކޮންޓްރެކްޓާރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާރ އަލީ އިޔާންއެވެ.