ads
ތަރުކާރީ އަޅައިގެން ހަދާފައިވާ ކުކުޅު ސޫޕް ތައްޓެއް…
ސައިނަސް ހުންނަ މީހުންނަށް ކުކުޅު ސޫޕް ވަރެއް ނެތް!
ސައިނަސް ހުންނާތީ ވަރަށް އުނދަގޫވޭ ދޯއެވެ. ސައިނަސްގެ ސަބަބުން ކިނބި އެޅުމާއި ބޮލުގައި ރިއްސަން ފެށުމާއެކު މުޅި ދުވަސް ހަރާބުކޮށްލާ ދޯއެވެ.

ސައިނަސް ހުންނަ މީހުންނަށް ސަލާމަތެއް ނޯވެއެވެ. ކިރިޔާ ވަހެއް ނޭފަތުގައި ޖެހިލިޔަސް ކިނބިހި އެޅުމުގައި ހަތަރު ދަން ހޭދަ ކުރަން ޖެހިދާނެ އެވެ.

ފިނިވިޔަސް މިއީ ވޭން ހުރި ކަމެކެވެ. ނޭފަތް ބެދުމާއި ނޭފަތުން ފެން އަންނަ ވަރުން އޮބި ނޯންނާނެ އެވެ. 

ތަފާތު ވައްތަރުގެ ބޭސްތައް މި ބައްޔަށް ވެސް ދޭ އިރު ގިނަ ފަހަރު ބޭސްތައް ކެޔަސް ވާކަމެއް ހަރާމެވެ. ނިދިއައިސް މީހާ ވަރުބަލި އިހުސާސް ވުން ނޫން ކަމެއް ގިނަ ފަހަރު ނުވެއެވެ. ނިދެނީ ވެސް ކިނބިހި އަޅަ އަޅާ މީހާ ވަރުބަލިބެ ބޮލަށް ބަރުވެފައި އޮއްވާ އެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި ސައިނަސް ހުންނަ މީހުންނަށް ކުކުޅު ސޫޕް މިއީ ރަނގަޅު ފަރުވާ އެކެވެ.  ސައިނަސް ހުންނަ ނަމަ އަޅެ އަޖުމަ ބަލަން ވެސް މި ސޫޕް ބޯން ފަށާ ބަލާށެވެ.

ކައްކަން މޮޅެތި ފަރާތްތަކަށް މި ސޫޕް އެކި ގޮތްގޮތަށް ތައްޔާރު ކުރަން އިނގޭނެ ކަން ޔަގީނެވެ. ކުކުޅު ސޫޕް ހަދާއިރު ރަހަ މީރު ކުރަން ތަރުކާރީގެ ވައްތަރުތައް ވެސް އެޅިދާނެ ކަމަށް ބައެއް ދިރާސާތަކުގައި ހާމަކޮށްފައި ވެއެވެ.

ކުކުޅު ސޫޕްގެ އިތުރުން ސައިނަސް ހުންނަ ނަމަ އާވި އެރުވުމާއި ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމަށް ދިރާސާ ކުރާ ފަރާތްތަކުން އެދެއެވެ.

މޭވާ ޖޫސް ތަކާއި ކޮފީ އަދި ހަށިގަނޑަށް ފައިދާ ހުރި ދިޔާ ބުއިންތަކުގެ އިތުރުން ގިނައިން ފެން ބޭނުން ކުރުން މުހިއްމު ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކަ އެވެ.

ސައިނަސްގެ އުނދަގޫ ވާނަމަ މި ބުނާ ކުކުޅު ސޫޕް ތައްޔާރު ކޮށްލައި ގޮތް ބަލާލަން އުޅެބަލާށެވެ. މިއީ ވަރަށް ގިނަ ބަޔަކު ބުނާ ގޮތުގައި ސައިނަސް އަށް ރަނގަޅު ފަރުވާ އެކެވެ. މި ސޫޕުން ވެސް ސައިނަސް އަށް ލުޔެއް ލިބުނިއްޔާ ކިހާ ރަނގަޅު ހެއްޔެވެ. 

20%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް