ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު ލީޑު ރޯލުކުޅޭ އެ ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ އެޕްރިލް މަހު ހަތް ވަަނަ ދުވަހުގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
"ބުލް" އަކޯ ބޮލީވުޑްގެ ޑައިރެކްޓަރު އަދިތިޔާ ނިންބާލްކަރް ގެނެސްދޭން ނިންމާފައިވާ ފިލްމެއް ކަން ފާހަގަކޮށްލެވެއެވެ.
އަސީމް އަރޯރާ އާއި ޕަރްވީޒް ޝައިހްގެ ސްކްރީން ޕްލޭއަކަށް އެ ފިލްމު ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރުގެ ޓީ ސީރީޒުންނެވެ.
ފިލްމުގެ ޝޫޓިންގެ މަރުހަލާއަށް ޓީމުން ތައްޔާރުވަމުން ދިޔަ ނަމަވެސް ފިލްމާއި ބެހޭ މާގިނަ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެއެވެ.
ޝާހިދު ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ޑިސެމްބަރުމަހު ރިލީޒްކުރާ "ޖާޒީ" އިންނެވެ.