ads
ސޫރްޔަވަންޝީ--
ސޫރްޔަވަންޝީއަށް ބޮކްސް އޮފީސްގައި ބޮޑު ކާމިޔާބީއެއް
ބޮޑު ކާސްޓެއް ހިމަނައިގެން އުފެއްދި ފިލްމު ސޫރްޔަވަންޝީ ބޮކްސް އޮފީސްގައި ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

ބޮކްސް އޮފީހުގައި އެންމެ ފަސް ދުވަސް ތެރޭ އެ ފިލްމަށް 100 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ދެ ވަނަ ހަފްތާ ނިމުނު އިރު ފިލްމަށް 159 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

މިއީ ކޮވިޑް-19 ފެތުރެން ފެށުމުން ސިނަމާތައް ބަންދުކޮށް ހުޅުވި ފަހުން އެންމެ ފުރަތަމަ ސިނަމާގައި ރިލީސްކުރި ފިލްމެވެ.

ކުރިއަަށް އޮތް ދުވަސްތަކުގެ ތެރޭގައި ފިލްމަށް 200 ކްރޯޑް ރުޕީސް ބޮކްސް އޮފީސްގައި ލިބޭނެ ކަމަށް ބެލެވޭއިރު އަކްޝޭ ވަނީ ފޭނުންގެ ފަރާތުން ލިބޭ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ފިލްމު "ބަންޓީ އޯރް ބަބްލީ 2" އާ ވާދަކުރަން ޖެހޭނެ އެވެ. 

އެހެންކަމުން ފިލްމުގެ އާމްދަނީ ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް