ads
ސައިފް އާއި ކަރީނާ އަދި ތައިމުރް
ތައިމުރް ބޭނުންވަނީ ބޭންކެއް ފަޅާލައި ލާރިކޮޅު ނަގަން
މިހާރު ސައިފް އަލީ ހާން އަދި ރަނީ މޫކަރްޖީ ކުރަމުން އަންނަ މަސައްކަތަކީ އެމީހުންގެ ކުރިއަށް އޮތް ފިލްމު ބަންޓީ އޯރް ބަބްލީގެ ޕްރޮމޯޝަން މަސައްކަތެވެ.
Advertisement

ޕްރޮމޯޝަން ޝޯއެއްގެ ތެރެއިން ސައިފް ވަނީ އޭނާގެ ދަރި ތައިމުރްގެ އުޅުން ހުންނަ ގޮތާއި ގުޅޭ ގޮތުން ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. 

އެގޮތުން ސައިފް ބުނީ ގޭގައި އުޅޭ އިރު ތައިމުރް އުޅެނީ ކުޅެން ގެންގުޅޭ ކަނޑި ހިފައިގެން އަބަދުވެސް ކޮންމެވެސް މީހެއްގެ ފަހަތުން ދުވެލަ ދުވެލަ ކަމަށެވެ.

އަދި ތައިމުރްގެ ކަމަކީ މީހުންނަށް ބިރުދެއްކުން ކަމަށް ސައިފް ބުނެފައިވެއެވެ.

އޭގެ އިތުރުން ތައިމުރް ބޭނުންވަނީ ބޭންކެއް ފަޅާލައި އެންމެގެ މުއްސަނދިކަން ފޭރިގަންނަން ކަމަށާއި ތައިމުރްގެ އުޅުން ހުންނަނީ ކިހިނެތް ކަމެއް އޭނާއަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް ސައިފް ބުނެއެވެ.

"އަހަރެން ބުނަން ރަނގަޅު މީހުން އެހެން ނަހަދާނެއޭ. އެހެން ބުނީމަ ތައިމުރުން ބުނަނީ އޭނާ ބޭނުންވަނީ ގޯސް މީހަކަށް ވާށޭ. އަދި ބޭންކު ފަޅާލައި އެންމެގެ މުއްސަނދިކަން ދަމައިގަންނަން." ސައިފް ބުނެއެވެ.

ސައިފް ބުނީ އެހެން ކަންތައް ވުމުން ހުރިހާ ކަމެއް ކަރީނާ އާ ހަވާލުކޮށް އެކަން ބަލައިދޭން ބުނާ ކަމަށެވެ.

ދާދި ފަހުން ސައިފް އާއި ކަރީނާ އަށް ވަނީ ދެވަނަ ދަރިއަކުވެސް ލިބިފަ އެވެ. ނަމަވެސް ދެ ވަނަ ދަރި ގޮވައިގެން ދެމަފިރިން އާންމުންގެ ތެރެއަށް ނިކުމެ އެހާވަރަކަށް ނޫޅެއެވެ.

53%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް