އެތްލެޓިކްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ތިރީސްވަނަ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި 36 އިވެންޓް އޮންނާނެއެވެ. މި އިވެންޓްތަކުގައި ވިހި ޓީމަކުން ދުވިސައްތައަށްވުރެ ގިނަ އެތްލީޓުން ވާދަކުރާނެއެވެ.
ތިރީސްވަނަ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕް ފެށޭނީ މިއަދު މެންދުރު ފަހުއެވެ. އެތްލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މާލޭ ކުޅިވަރު އެކުވެރި ސިންތެޓިކް ޓްރެކްގައެވެ.