މާރާމާރީ ހިންގާފައިވަނީ އަންހެނަކާ ޖިންސީ ފުރައްސާރަކޮށް، ފޮށޭ ކަމަށްބުނެ އެ އަންހެން މީހާގެ ފިރިމީހާ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝިއަލް ސީއެންއެމްއަށް ވިދާޅުވީ މާރާމާރީއެއް ހިންގި މައްސަލައެއްވަނީ މިއަދު ހެނދުނު 10:07ގައި ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ. މިމާރާމާރީގައި މީހަކަށް އަނިޔާ ވެފައިިވާ ކަމަށާއި އަދި އެމީހާއަށް ހޮސްޕިޓަލްއިން ފަރުވާ ދީފައިވާކަމަށް ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން 33 އަހަރުގެ ފިރިހެނެއްވަނީ ހައްޔަރުކޮށްފައިކަަމަށް ފުލުހުން ބުނެއެވެ.
އާރްޑީސީއަކީ މަގު ހެދުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިމައްސަލައާއި ގުޅިގެން އާރްޑީސީގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.