ads
ޝިފާ
އެމްއެންޕީއަށް ސޮއިކުރިޔަސް ޝިފާ ހުންނާނީ ސިޔާސީ ހަރަކާތްތަކާ ފޭގައި!
މިއަދު ހެނދުނު މީޑިއާތަކަށް ތިލަ ވެގެން ދިޔައީ އަލަށް އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ޓިކްޓޮކުން ވިދާލާ ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި މަރިޔަމް ޝިފާ ސޮއިކުރި ހަބަރާއެކުއެވެ. ރޭ އެޕާޓީގެ ޔޫތު ވިންގް ގެ ފާރާތުން ހުޅުވި "ނޫކަށި ލައުންޖް" ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ފުރަތަމަ ސޮއި ކުރި މީހަކަށް ވެސް ވީ ޝިފާ އެވެ.

މިއާއެކު ދެން އެންމެ ގިނަ ބަޔަކު ސުވާލު ކުރަން ފެށީ ޝިފާ ޕާޓީގެ ފަރާތުން ސިޔާސީ ހަރަކާތްތަކުން ފެންނާނެތޯއެވެ.

ސީއެންއެމް އަށް  ދިން ހާއްސަ އިންޓަވިއެއްގައި ޝިފާ ބުނީ އެމްއެންޕީ އަކީ ރަނގަޅު ޕާޓީއެއް ކަމަށާއި ސޮއި ކުރީ ޕާޓީގެ އިސް ސަފުގައި ފާހަގަކޮށްލެވޭ ސިދާތާ ޝަރީފްގެ އެދުމުގެ މަތިން ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުން ކުރިއަށް އޮތްތަނުގައި ފެނިދާނެތޯ ސުވާލު ކުރުމުން ޝިފާ ބުނީ، ސިޔާސީ ކަންކަމަށް ނުކުންނަށް ޝިފާއަށް ވަގުތެއް ނެތް ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އާއިލާ އާއި ކުޑަ ދަރިފުޅު ބަލަމުން ޝިފާގެ ރަސްމީ ދާއިރާ ކަމަށްވާ ފިލްމީ ދާއިރާގެ ކަންކަމަށް ވަގުތު ހުސްކުރަމުން ސިޔާސީ ގޮތުން ޕާޓީގެ ކަންކަމުގައި ހަރަކާތްތެރިވެވޭ ވަރަށް ވުރެ ޝިފާ "ބިޒީ" ކަަމަށެވެ.

your imageޝިފާ އެންއެމްޕީއަށް ގުޅިގެން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/އެމްއެންޕީ

"ފަސްޓް ޕްރިއޮރިޓީ ނުދެވޭނެ އެކަމަށް. އަސްލު ޝިފާ ވަރަށް ބިޒީ،" ޝިފާ ބުންޏެވެ.

އެހެން ނަމަވެސް ޕާޓީން އެދެފި ނަމަ ޝިފާގެ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ޝިފާ ވަނީ ދީފައެވެ.

"މިސާލަކަށް ޕާޓީގެ ލަވައެއް އެއްޗެއް އޮތީއްޔާ ޝިފާގެ ހެލްޕް ދޭނަން، އެކަމަކު ކަމާ ކަންފަށާފަ ޖަލްސާތަކަށް ގޮސް އެއްވުންތަކަށް ނިކުމެވެން ޝިފާ އަށް ވަރަށް އުނދަގޫވާނެ،" ޝިފާ ބުންޏެވެ.

މީގެ ކުރިން ސިޔާސީ އެއްވެސް ޕާޓީ އެއްގައި ޝިފާގެ މެންބަރޝިޕް ނޯންނާނެ ކަން ފާހަގަ ކުރަމުން ޝިފާ ބުނީ އެންއެމްޕީ އަށް ގުޅުނީ ސިދާތާ އާ ދޭތެރޭ އޮންނަ ރަހުމަތްތެރިކަމެއްގެ ސަބަބުން ކަމަށެވެ. އަދި އުންމީދުކޮށްގެން ހުންނަނީ ޝިފާގެ އެހީތެރިކަމަށް އެދޭނެ ވަގުތަކަށް ކަމަށެވެ.

މިހާތަނަށް ގިނަ ޑްރާމާ ތަކަކާއި ފިލްމުތަކެއްގެ އިތުރުން ވީޑިއޯ ލަވަތަަކުން ފެނިފައިވާ ޝިފާގެ ފިލްމީ މަސައްކަތްތަކެއް ވެސް ކުރިއަށް އެބަ ހުއްޓެވެ. ޝިފާ މިހާރުވެސް އަންނަނީ ޑްރާމާ ސީރީޒަކަށް އަތޮޅުތެރެއަށް ފުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

20%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް