ads
އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ
އިންޑިއަން ސުޕަ ލީގުގެ އާ ސީޒަން މިއަދު ފަށަނީ
އިންޑިއަން ސުޕަރ ލީގުގެ އާ ސީޒަން މިއަދު ފަށާނެއެވެ. އިންޑިއަން ސުޕަރ ލީގުގައި އިންޑިޔާގެ އެގާރަ ކްލަބަކުން ވާދަކުރާނެއެވެ.
Advertisement

އިންޑިއަން ސުޕަރ ލީގުގެ އާ ސީޒަން މިއަދު ފަށާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓަރ އެވެ. އޭޓީކޭ މޯހަން ބަގާންއަކީ މި ފަހުން މާލޭގައި އޮތް އޭއެފްސީ ކަޕުގެ ގްރޫޕް ޑީން އެއްވަނަ ހޯދި ކްލަބެވެ. 

އިންޑިއަން ސުޕަރ ލީގު ކުރިއަށްދާ ފޯމެޓަކީ ލީގުގައި ވާދަކުރާ އެގާރަ ކްލަބުވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ މޮޅުވާ ހަތަރު ޓީމުގެ މެދުގައި ޕްލޭއޮފް ފޯމެޓަށް ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލަށްދާ ދެ ޓީމު ކަނޑައަޅައި އެ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅެ ޗެމްޕިއަން ޓީމެއް ކަނޑައަޅެމުވެ. ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ. އަދި ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފް ޖާގައެއް ލިބޭނެއެވެ. 

ކޮވިޑުގެ ނުރައްކަލާ ހެދި މި އަހަރުގެ ސީޒަންވެސް ކުރިއަށް ގެންދާނީ ހާއްސަ ފިޔަވަޅުތަކަކާ އެކުއެވެ. މިގޮތުން މި ފަހަރުވެސް މުބާރާތް ކުރިއަށްދާނީ ގޯއާގައެވެ. ގޯއާގެ ތިން ސްޓޭޑިއަމެއްގައި މެޗުތައް ކުރިއަށް ގެންދާނެއެވެ. 

އިންޑިއަން ސުޕަރ ލީގުގެ ގަވައިދަށް މި ފަހަރު އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ބިދޭސީ ކުޅުންތެރިންގެ ކޯޓާއެވެ. މި ފަހަރުގެ ގަވައިދު އޮތް ގޮތުން ކޮންމެ މެޗެއްގައިވެސް އެއްވަގުތެއްގައި ކުޅެވޭނީ ބިދޭސީ ހަތަރު ކުޅުންތެރިނަށެވެ. އަދި އޭގެ ތެރެއިން އެއް ކުޅުންތެރިއަކުވާން ޖެހޭނީ އޭޝިއާ ކުޅުންތެރިއަކަށެވެ. މި ގަވައިދަށް އަމަލު ކުރަން ފެށުމުން އިންޑިޔާގެ ހަތް ކުޅުންތެރިން ކޮންމެ ވަގުތެއްގައިވެސް ކޮންމެ ޓީމެއްގައިވެސް ކުޅެން ދަނޑު މަތީގައި ތިބޭނެއެވެ. ބިދޭސީ ކުޅުންތެރިންގެ ކޯޓާއާ ގުޅޭ މި ނޫންވެސް ބައެއް ބަދަލުތައް މި ފަހަރުގެ މުބާރާތަށް ގެނެސްފައިވެއެވެ. 

އާ ސީޒަންގެ ފުރަތަމަ މެޗު ފަށާނީ މިރޭ ހަތެއް ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް