ސަރުކާރަށް އާމްދަނީ ހޯދުމުގެ ގޮތުން އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން ނުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ އެޕާޓީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

Advertisement

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ، އާމްދަނީ ހޯދުމަށް އުޅަނދުތަކުގައި ސްޓިކާ ނުޖެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއްކަމަށެވެ.
އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލައަށް ހައްލެއް ގެނެވޭނީ އެއަށްވުރެއް ހަރުދަނާ ޕާކިން ނިޒާމެއް ގާއިމުކޮށްގެން ކަމަށް އަނަސް ވިދާޅުވި އެވެ. މާލޭގައި އިތުރަށް ޕާކު ކުރާނެތަން ހެދުމަށް ތާއިދު ކަމަށާއި، އެހެން ނަމަވެސް ހުރިހާ ހުސްބިމެއްގައި ޕާކިން ޒޯން ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އަނަސް ވިދާޅުވި އެވެ.
މާލެ އަކީ އެހެން ގައުމުތަކުގައި ހުންނަ ސިޓީތަކަށް ވުރެއް ތަފާތު ސިޓީއެއްކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ، އޭނާ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ، މާލެއަށް ޕާކިންގެ މައްސަލައިގައި ހޯދޭނެ ހައްލުތައް ފަންނީ މީހުންގެ އެހީގައި ހޯދާނެ ކަމަށެވެ. އަދި އެ ޕްލޭންތައް ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށް އަނަސް ވިދާޅުވި އެވެ.
މީގެ އިތުރުން އަނަސް ވިދާޅުވީ، އޭނާ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ ޖުރިމަނާގެ ގޮތުގައި ނަގާ އަދަދު މުރާޖާ ކުރުމަށް ބަލާނެ ކަމަށެވެ.