ނައިބު ރައީސް ފައިސަލް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހއ. ހޯރަފުށްޓަށެވެ. އެއަށްފަހު ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވާނެއެވެ.
ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމުގެ އިތުން ހޯރަފުށީ އެއަޕޯޓްގެ އަހަރީދުވަހަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވާނެއެވެ.
މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ރަށްރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށުގައި ކުރިޔަށްދާ ތަރައްގީގެ މުހިންމު ބައެއް މަޝްރޫއުތައް ބައްލަވާލެއްވުމާއި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.