ads
މާފުށީގައި ބޭއްވި ކެރޮމް ހަވީރުގެ ތެރެއިން…
ކެރަމް އެސޯސިއޭޝަންގެ ކެރަމް ހަވީރެއް މާފުށިގައި ބާއްވައިފި
(ކ.މާފުށިން)- މޯލްޑިވްސް ކެރަމް އެސޯސިއޭޝަން އާއި މާފުށީ ކައުންސިލް ގުޅިގެން ކ.މާފުށީގައި މިއަދު “ކެރަމް ހަވީރު” ގެ ނަމުގައި ހަރަކާތެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ހަތަރަކުން ހަވީރު ހަޔަކާއި ދެމެދު ބޭއްވުނު މި ހަވީރުގައި މާފުށީގެ ގިނަ މީހުންނާއި ކުދިން ވަނީ ބައިވެރި ވެފައެވެ.

ސީއެންއެމް އާ ވާހަކަ ދައްކަވަމުން ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓްރީ ހުސެއިން ރައުޝާން ވިދާޅުވީ، މިއަދު މި ބޭއްވުނު ހަވީރުގެ އެންމެ ބޮޑު މަގުސަދަކީ އަންނަ އަހަރު އެ އެސޯސިއޭޝަންގެ ފަރާތުން މާފުށީގައި ވެސް ކެރަމް ކުރިއަރުވަން ވިސްނާފައިވުން ކަމަށެވެ.

your imageމާފުށީގައި ބޭއްވި ކެރޮމް ހަވީރުގެ ތެރެއިން…

އެގޮތުން އެކަމުގެ ފެށުމެއްގެ ގޮތުން މި އިވެންޓް މިއަދު ބޭއްވުނު އިރު ކެރަމް އެސޯސިއޭޝަނުން އަންނަ އަހަރު މާފުށީގައި ކެރަމް ކުރި އަރުވަން އެކި އެކި ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

އިތުރަށް ރައުޝާން ވިދާޅުވީ، މިއަދު ބޭއްވުނު ހަވީރަށް މާފުށީ ކައުންސިލްގެ އިތުރުން ބައެއް ވިޔަފާރިވެރިން އަދި ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.

ގައުމީ ކެރަމް ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން މިއަދުގެ ހަވީރުގައި ބައިވެރިވި އިރު މިއަދުގެ ހަވީރުގައި އާންމުންގެ ފަރާތުން ލިބުނު ސަޕޯޓް ރައުޝާން ވަނީ ފާހަގަ ކޮށްފައެވެ.

ރައުޝާން އިތުރަށް ވިދާޅުވީ މާފުށި ހިމެނޭހެން ކެރަމް ކުރި އަރުވަން އަތޮޅު ތެރޭގެ އިތުރު ރަށްރަށުގައި ވެސް  ޕްރޮގްރާމްތައް އަންނަ އަހަރު ބާއްވާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް