ads
ލަންކާގެ ކެޕްޓަން ސުޖަން
މޮޅު ކުޅުންތެރިޔަކަށް ލަންކާގެ ސުޖަން
މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލަންކާގެ ކެޕްޓަން އަދި ގޯލް ކީޕަރު ސުޖަން ޕެރޭރާ ހޯދައިފިއެވެ.
Advertisement

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސުޖަންއަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ކުޅުނު ކީޕަރެކެވެ. ރާއްޖޭގައި ކުޅުނު އިރުވެސް އަބަދުވެސް މޮޅު ކުޅުމެއް ދައްކާ ސުޖަން ވަނީ މުބާރާތުގެ ފައިނަލް މެޗުގައި ސީޝެލްސްއިން ޖެހި ޕެނަލްޓީއެއް މަތަކުރުމުގެ އިތުރުން ޕެނަލްޓީއެއް ކާމިޔާބުވެސް ކޮށްފައެވެ. 

ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިވިނަމަވެސް ސުޖަންވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ލަންކާގެ ފުރަތަމަ ދެ ޕެނަލްޓީ ނާކާމިޔާބުވުމުން ތިންވަނަ ޕެލަންޓީ ޖަހަން ނުކުމެ އިތުބާރާއެކު ސުޖަންވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. 

ރާއްޖޭގެ ކްލަބު އީގަލްސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ސުޖަންވަނީ އޭނާގެ ލީޑަރޝިޕް ކޮލިޓީ މި ފަހަރުގެ މުބާރާތުގައިވެސް ދައްކާފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ސުޖަން ބުނީ ފައިނަލް މެޗުން ބަލިވުމުން ހިތާމަކުރާ ކަމަށެެވެ. އެކަމަކު ލަންކާގައި އަލުން ފުޓްބޯޅައިގެ ފޯރި އާލާވާތީ އެކަމާ އުފާވާކަމަށް ސުޖަން ބުންޏެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް