ރަވީނާ އެންމެ ފުރަތަމަ ދަރިންގެ ޒިންމާ އުފުލަން ނިންމި އިރު އޭނާގެ އުމުރަކީ 21 އަހަރެވެ.
އޭރު ރަވީނާ ވެސް ޒަވާޖީ ހަޔާތަކާމެދު ނުވިސްނައެވެ. ރަވީނާ އޭނާގެ ފިލްމީ ކެރިއަރު ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީ އޭނާގެ ދެބައިންގެ ދެ ދަރި މީހެއް މަރުވީ އޭނާގެ ދެ ދަރިން ބަލާނެ ރަނގަޅު ބަޔަކު ނެތިއެވެ.
އެ ކުދިންތައް ބަލަހައްޓާ މީހާ ކަންކުރާގޮތް ކަމުނުދިޔުމުން ރަވީނާ ނިންމީ އަމިއްލައަށް އެ ކުދިން އެޑޮޕްޓްކުރަންށެވެ.
ރަވީނާ އެޑޮޕްޓް ކުރި ކުދިންނަށް ކިޔަނީ ޕޫޖާ އަދި ޗާޔާ އެވެ.
ރަވީނާ އެކުދިން އެޑޮޕްޓް ކުރި ނަމަވެސް އެކަންތައް މީޑިއާއަށް ފެންމަތިވީ އެތައް ޒަމާނެއް ފަހުންނެވެ.
ރަވީނާ ބުނީ އެކަންތައް ފުރަތަމަކޮޅު ސިއްރު ކުރީ މީޑިއާތަކުން ކަންތައްް ބޮޑުކޮށް ނެތް މައްސަލަތައް އުފަން ކުރުވުނަށް އުޅުނު ދުވަސްކޮޅަކަށް ވީމައެވެ.