ads
މަތިވެރި ސްކޫލްގެ ކްލާހެއް
އިނގިރޭސި ޓީޗަރު ފުރީ ޒާތީ މައްސަލައެއްގައި: މަތިވެރި ސުކޫލް
މިދިޔަ އާދިއްތަ ދުވަހު އއ މަތިވެރި ސުކޫލުގެ އިނގިރޭސި ޓީޗަރު ރަށުން ފައިބައިފައިވަނީ ޒާތީ މައްސަލައެއްގައި ކަމަށް މަތިވެރި ސްކޫލުން ބުނެފިއެވެ.

ސީއެންއެމްއާއި ވާހަކަ ދައްކަވަމުން މަތިވެރި ސުކޫލުގެ ލީޑިން ޓީޗަރު ހަސަން ހަމީދު އިބްރާހީމް ވިދާޅުވީ އިނގިރޭސި ޓީޗަރު ރަށުން ދިއުމުގެ މައިގަނޑު މައްސަލަޔަކީ ޓީޗަރުގެ ޒާތީ ކަންކަމާ، އެކީގައި މަސައްކަތް ކުރާ ޓިޗަރުން އަދި ރަށުގެ ބައެއް ފަރާތްތަކުން ބެހުން ކަމަށެވެ. 

"މީގެ ކުރިންވެސް މިމައްސަލަ ފެންމަތިވެގެން ޓީޗަރުންނާއި ވާހަކަ ދެއްކިން. އަދި މައްސަލަ ހައްލުކުރިން." ހަސަން ހަމީދު ވިދާޅުވިއެވެ.

މިހާރު ގަޑިތަށް ނަގައިދެނީ ސެކަންޑްީގެ ޓީޗަރަކާއި ޕްރައިމަރީގެ ޓިޗަރެއް ބަހާލައިގެން ކަމަށް ހަސަން ހަމީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މިނިސްޓްރީއާއި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އިތުރު އިނގިރޭސި ޓީޗަރެއް ލިބޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ހަސަން ހަމީދު ވިދާޅުވިއެވެ.

"އެ ޓީޗަރުންނަށް ވަރަށް ލޯޑު ބޮޑު. ޓީޗަރެއް މަދުކޮށް ކިޔެވުން ކުރިއަށް ގެންދަން ވަރަށް އުނދަގޫ" ހަސަން ހަމީދު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ މަތިވެރި ސުކޫލުގެ ކީ ސްޓޭޖްގެ ޓީޗަރެއް ސުކޫލަށް މާގިނައިން ސަލާން ބުނާތީ، އެމައްސަލަވެސް އެބައުޅޭ ކަމަށް ހަސްނަ ހަމީދު ވިދާޅުވިއެވެ.

މަތިވެރި ސުކޫލުގައި އެއް ދަންފަޅިއަކަށް ކިޔެވުން ކުރިއަށް ގެންދާއިރު ޖުމްލަ 240 ކުދިންދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް