ads
ކެޓްރީނާ އަދި ވިކީ
ވިކީ އަދި ކެޓްރިނާގެ ކައިވެނީގެ އަޑު ގަދަވަނީ
މަޝަހޫރު ބޮލީވޫޑްގެ އެކްޓްރެސް ކެޓްރީނާ ކައިފް އަދި އެކްޓާރ ވިކީ ކޯޗަލްގެ ކައިވެނީގެ ވާހަކައިގެ އަޑު ދަނީ ގަދަވަމުންނެވެ.

އިންޑިޔާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިއަހަރު ޑިސެމްބަރު މަހުގެ ތެރޭގައި މިދެ ލޯބިވެރިންގެ ކައިވެނީގެ  ހަފްލާ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވިކީ އަދި ކެޓްރީނާ މިކަމާ ބެހޭގޮތުން އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ކެޓްރީނާ އަދި ވިކީގެ ކައިވެނި ރަސްމީކޮށް އިއުލާން ކުރާނެ ދުވަހަކަށް އެދެ އެކްޓަރުންގެ ފޭން އިން ދަނީ އިންތިޒާރުު ކުރަމުންނެވެ.

އިންޑިއާ ޓުޑޭއަށް މައުލޫމާތުދިން ކެޓްރީނާ އަދި ވިކީގެ ގާތް މީހަކު ބުނަނީ ދެމީހުންގެ ކައިވެނީގެ އިއުލާން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. އަދި ދައުވަތު އަރުވާ ފަރާތްތަކުގެ ލިސްޓުވަނީ ދަނީ ތައްޔާރު ކުރަމުން ކަމަށާއި، ދައުވަތު އަރުވާ ފަރާތްތަކުގެ ތެރޭގައި ރައްޓެހިންނަށާއި އެކީގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންވެސް ހިމެނޭ ކަމަށެވެ.

އޭޒް އިންޑިއާ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޓްރީނާ އަދި ވިކީގެ ރޯކާ(ކައިވެނި ކުރުމުގެ ކުރިން ބާއްވާ ހަފްލާއެއް) ވަނީ "އެކް ތަ ޓައިގާރ" ގެ ޑިރެކަޓަރު ކަބީރް ހާންގެ ގޭގައި ކޮށްފައެވެ. ކަބީރު ހާންއަކީ ކެޓްރީނާގެ ވަރަށް ގާތް ރަހުމަތްތެރިއެއްވެސްމެއެވެ. ކެޓްރީނާ ، ކަބީރް ހާން ދެކެނީ ބޭބެއެއް ގޮތަށެވެ.

މިދެ ލޯބިވެރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާކަ ގިނަ ދުވަހެއް ނުވެއެވެ. ކެޓްރީނާގެ ނަންވަނީ ބޮލީވޫޑްގެ "ބާއިޖާން" ސަލްމާން ހާން އާއި ވެސް ލޯބީގެ ގޮތުން ގުޅިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް