ފަރްހާން އަކްތަރުގެ ދޮން މަންމަ، ޝަބާނާ އަޒްމީ އެކްސިޑެންޓުވެ އަނިޔާވެފައިވާއިރު އޭނާއިން ކާރު ބާރަށް ދުއްވުމުން ޑްރައިވަރާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި އެވެ.

Advertisement
ފަރްހާން އަކްތަރުގެ ދޮން މަންމަ، ޝަބާނާ އަޒްމީ އެކްސިޑެންޓުވެ އަނިޔާވެފައިވާއިރު އޭނާއިން ކާރު ބާރަށް ދުއްވުމުން ޑްރައިވަރާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި އެވެ.
ޝަބާނާގެ ކާރު ޓްރަކުގައި ޖެހުނީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެގޮތުން ޝަބާނާގެ ޑްރައިވަރާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ ޑްރަކު ދުއްވަން އިން މީހާ ކަމަށް ވެއެވެ.
އެކްސިޑެންޓު ހިނގިއިރު ޝަބާނާއެކު ކާރުގައި ފަރްހާނުގެ ބައްޕަ ޖާވިދު އަކްތަރު ވެސް އިން ކަމަށް ވެއެވެ. އެކަމަކު އޭނާއަށް އަނިޔާއެއް ނުލިބެ އެވެ.
އަނިޔާ ލިބުނީ ޑްރައިވަރަށާއި ޝަބާނާ އަށެވެ. އަދިވެސް ޝަބާނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ގޯސް ނޫން ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ޝަބާނާއަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރި ފަރާތެކެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އާހް" އާއި "ސްވާމީ" އާއި "އަންކުރް" އަދި "މަޑްރޫ ކީ ބިޖްލީ ކީ މަންޑޯލާ" ހިމެނެއެވެ.