ads
އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ———
ވަކިކުރަން ނިންމި 2 އޮފިސަރަކު އަމިއްލައަށް ރިޓަޔާވާން އެދިއްޖެ
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފަައިވާ ފުލުހުންގެ އިސް ހަތް އޮފިސަރުންގެ ތެރެއިން ދެ އޮފިސަރަކު ވަޒީފާއިން އަމިއްލައަށް ރިޓަޔާވާން އެދިއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސިޕީ ހަމީދު ވިދާޅުވީ، ހަތް އޮފިސަރެއް ބައިތިއްބަން ނުފެންނަކަމަށް ނިންމުމުން ފަސް އޮފިސަރަކު ކޯޓަށް ވަޑައިގަން ކަމަށެވެ. އެމައްސަލަ ކޯޓުގައި ހިގަމުންދަނިކޮށް ދެ އޮފިސަރަކާއި ދޭތެރޭ ފިޔަވަޅުއެޅީ ލިބިފައިވާ ޓައިމްލައިނާއި އެއްގޮތަށް ކަމަށެވެ. 

އަނެއް ތިން އޮފިސަރުންނާއިމެދު ގޮތެއް ނުނިންމުމަށް މިހާރު ކޯޓުން އަންގާފައިވަތީ އެކަން މަޑުޖެހިފައިވާކަން ފާހަގަކުރަމުން ސީފީ ހަމީދު ވަނީ އެކަމަކީ ކޯޓުގައި ހިނގަމުންދާ މައްސަލައަކަށްވުމުން އެ ކަމަށް ކޮމެންޓެއް ކުރައްވަން ބޭނުންނުވާ ކަމަށް ބުނެފައެވެ. 

ނަމަވެސް ހަތް އޮފިސަރުންގެ ތެރެއިން ދެން ތިބި ދެ އޮފިސަރުން ވަނީ އަމިއްލައަށް ރިޓަޔާމެންޓަށް އެދިފައި ކަމަށް ސީޕީ ވިދާޅުވިއެވެ.

"ދެން ފަސް އޮފިސަރުން ތެރެއިން ދެން ތިބި ދެ އޮފިސަރުން ރިޓަޔަމެންޓަށް އެދިލައްވާފައިވަނީ. ވޮލެންޓްރީ ރިޓަޔާމެންޓަށް. އެހެންވީމަ އެކަން އަޅުގަނޑުމެން އެބަ ހިންގަން" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެ ދެ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އެވެ. މިއީ އަދި ވަޒީފާއިން ވަކިކުރަން ނޯޓިސް ނުފޮނުވާ ތިބި ދެ އޮފިސަރުންނެވެ. 

މިހާރު މަގާމުން ވަކިކޮށްފައިވަނީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު އެވެ.

ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިން އޮފިސަރުންނަކީ:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  3. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  4. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  5. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  6. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  7. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މީގެ ތެރެއިން ފަސް އޮފިސަރުންނެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅިތަނާހެން އެކަމަށް ކޯޓަށް ގޮތެއް ނުނިންމި އުޅެނިކޮށް ޖަމްޝީދު، އާއި އަހްމަދު މުހައްމަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މައްސަލާގައި ބައިވެރިވާ އަނެއް ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް