ads
ނައިބު ރައީސް ބަގްލަދޭޝްއަށް ވަޑައިގަންނަވަނީ-----
ނައިބު ރައީސް ފައިސަލް ބަންގްލަދޭޝްއަށް ފުރާވަޑައިގެންފި
ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ބަންގްލަދޭޝްގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައި ވެެއެވެ. 

މި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭކޭ އަބްދުލް މޮމެން، މިނިސްޓަރު އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެންޕްލޯއިމެންޓް އިމްރާން އަހްމަދު، އަދި މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. ޑިޕޫ މޯނީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 24 ނޮވެންބަރު 2021 ގައެވެ. ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް