ads
އޭސް ޓްރެވެލްސްގެ ފަރާތުން ގޯލްޑް 100 ގަލާ އެވޯޑާއި ހަވާލުވަނީ--
ރާއްޖޭގެ "ލީޑިން 100 ކޮމްޕެނީސް ތެރޭގައި" އޭސް ޓްރެވެލްސް
ދިވެހި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ކޯޯޕަރޭޓް މޯލްޑިވްސް ފަރާތުން ދޭ ގޯލްޑް 100 ގާލާ އެވޯޑް އޭސް ޓްރެވެލްސް މޯލްޑިވްސް އަދި އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ގޯލްޑް 100 ގާލާ އަކީ ކޮންމެ އަހަރަކުވެސް ހަމައެކަނި ދައުވަތުދެވޭ މީހުން ބައިވެރިވާގޮތަށް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކުގެ އިސްވެރިން އެއްތަން ކުރެވޭ ހަފްލާއެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި އެ ހަފްލާގައި މިނިސްޓަރުންނާއި، ހައިކޮމިޝަނަރުންނާއި، އަދި ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވި އެވެ.

އޭސް ޓްރެވެލްސް މޯލްޑިވްސް އަކީ ރާއްޖޭގައި ކުރިއަރާފައިވާ ޓްރެވެލް އެޖެންޓެކެވެ. ޓުއަރިޒަމް އާއި ހޮސްޕިޓޭލިޓީ ދާއިރާގައި ކުންފުނިތަކާއި ވަކި ވަކި ފަރުދުންނަށް ބޭނުންވާ ހުރިހާ އިންބައުންޑް އަދި އައުޓްބައުންޑް ހިދުމަތްތައް ތަޖުރިބާކާރު ޓީމަކާއެކު އޭސް ޓްރެވެލްސް މޯލްޑިވްސް އިން ދަނީ ދެމުންނެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނީގެ ތެރޭގައި އެ ކުންފުނި ފާހަގަކޮށްފައިވެއެވެ. އުފެދުނު ދުވަހުން ފެށިގެންވެސް އޭސް ޓްރެވެލްސް މޯލްޑިވްސް އިން އަންނަނީ ދަތުރުފަތުރު ދާއިރާގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ރާއްޖެއާއި ދުނިޔޭގެ މާކެޓްގައި ފުޅާކޮށް ކުރިއަރަމުންނެވެ. 

އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އަކީ ސްރިލަންކަން އެއާލައިންސް އަށް ކެޓާކުރާ ޖެނަރަލް ސޭލްސް އޭޖެންޓް އެވެ. އެ އެއާލައިންގެ އޮޕަރޭޝަންތައް ރާއްޖޭގައި ހިންގަނީ އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އިންނެވެ. އެގޮތުން މާލޭގެ އިތުރުން އައްޑޫއަށް ވެސް ހިދުމަތް ފުޅާކޮށް ބްރާންޗެއް ގާއިމްކޮށްފައިވެއެވެ. 

ނިމިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެ ކުންފުނިން ވަނީ ގޮންޖެހުންތަކާއެކުވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ. އެގޮތުން އޭސް އޭވިއޭޝަނުން ވަނީ 100 އާ ގާތްކުރާ ވަރަށް ރެޕަޓްރިއޭޝަން ފްލައިޓްގައި 4،400 ކަސްޓަމަރުން ދުނިޔޭގެ އެކި ހިސާބުތަކަށް ގެންދިއުމުގައި ސްރިލަންކަން އެއާލައިނަށް ސަޕޯޓްކޮށްފައެވެ. 

އޭސް ޓްރެވެލްސްގެ ފަރާތުން ކޯޕަރޭޓް މޯލްޑިވްސް އިން ދޭ ގޯލްޑް 100 އެވޯޑް އާއި ހަވާލުވީ އެ ކުންފުނީގެ މޭނޭޖިން ޑައިރެކްޓަރު މުހައްމަދު ފިރާގް އެވެ. 

އެވޯޑާއި ހަވާލުވެ ފިރާގް ވިދާޅުވީ އެ ކުންފުނީގެ ފަރާތުން އެވޯޑް ބަލައިގަންނަނީ ވަރަށް ފަހުރުވެރިކަމާއެކު ކަމަށެވެ. އަދި އެއީ އެ ކުންފުނިން އާންމުންނަށް ކުރާ ހިދުމަތުގެ ކާމިޔާބީ ރަމްޒުކޮށްދޭ ހެއްކެއް ގޮތުގައި ފިރާގް ސިފަކުރެއްވި އެވެ. 

އޭސް ޓްރެވެލްސް މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރު ރޯޝަން މަޑުރަވަލާ ވިދާޅުވީ ގޯލްޑް 100 އެވޯޑްގެ ޝަރަފާއެކު މުޅި އެކުންފުޏަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ ކަމަށެވެ. އޭގެން ދައްކުވައިދެނީ އާންމުން އެ ކުންފުނީގެ އުސޫލުތަކާއި މަސައްކަތްތައް ބަލައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ރޯޝަން އިތުރަށް ވިދާޅުވީ  4 ޑިސެމްބަރު 2021 އިން ފެށިގެން އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރިލަންކަން އެއާލައިންސް އިން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.  އަދި އޭސް ޓްރެވެލްސް މޯލްޑިވްސްގެ ބްރާންޗެއް އައްޑޫ ފޭދުގައި ހުޅުވާނެ ކަމަށާއި، އޭގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށް ރޯޝަން ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ މި އިވެންޓް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އޮތް އިރު އެ ހަފްލާގައި އެވޯޑު ދިނުމުގެ އިތުރުން ގޯލްޑް 100 މެގަޒިން ލޯންޗްކޮށްފައިވެއެވެ. 

އެ ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުގައެވެ. އަދި އެ ލިސްޓު އާންމުކުރަނީ ވިޔަފާރިތައް ރޭންކުކުރުމުގެ ބަދަލުގައި އަލްފަބެޓިކް އޯޑަރުންކަން ފާހަގަކޮށްލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް