ފިލްމުގެ މަސައްކަތްތައް މިހާރުވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ އިރު އެ ފިލްމު ޑައިރެކްޓް ކުރަނީ ކުޅަދާނަ ޑައިރެކްޓަރު އިންދަރް ކުމާރު އެވެ.
ޓީސީރީޒުން މިހާރު ފިލްމު އަޅުވާ ތާރީހު އިއުލާނުކޮށްފައިވާއިރު އެ ފިލްމަކީ ސިނަމާތަކަށް އަންނާނެ ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ފިލްމުން ފެނިގެންދާނީ އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ސިދާތު މަލްއުތުރާ އެވެ.
މި ފިލްމު ހާއްސަވާ އިތުރު ސަބަބަކަށް ބަލައިލާ އިރު މި ފަހަކުން މަޝްހޫރުވި "މަނިކެ މަގޭ ހިތޭ" ގެ ވާޝަނެެއް ވެސް ފިލްމުގައި ހިމެނެއެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ލަވައިގެ އާ ވާޝަނެއް އެ ފިލްމުން ފެނިގެންދާނީ ނޯރާ ފަތެހީގެ ހަރަކާތްތަކާއެކު އައިޓަމް ލަވަ އެއްގެ ގޮތަށެވެ.