ads
އެންމެ މޮޅު އާޓިސްޓްގެ އެވޯޑް ބީޓީއެސްއަށް
އެމެރިކަން މިއުޒިކް އެވޯޑްސްއިން "އާޓިސްޓް އޮފް ދި އިޔާ" ގެ އެވޯޑް ދެކުނު ކޮރެޔާގެ އެންމެ މަޝްހޫރު ލަވަ ބޭންޑު ކަމަށްވާ ބެންގްޓަން ބޯއީސް(ބީޓީއެސް)އަށް ލިބިއްޖެ އެވެ.

މި އެވޯޑް ލިބިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި "އެމެރިކަން މިޔުޒިކް އެވޯޑްސް 2021" ގައެވެ.

މި އެވޯޑް ބީޓީއެސްއިން ކާމިޔާބުކޮށްފައިވަނީ މަޝްހޫރު ލަވަކިއުންތެރިޔާ ޓެއިލާ ސްވިފްޓް އަދި ކެނޭޑިއަންގެ މަޝްހޫރް ރެޕަ އައުބްރޭ ޑްރެކް ގަރްހަމް އާ ވާދަކޮށެވެ.

އަދި މި ބޭންޑަށް ވަނީ ފެވަރިޓް ޕޮޕް ސޯންގް އެވޯޑްވެސް މި އެވޯޑް ޝޯގައި ލިބިފައެވެ. މި އެވޯޑް ލިބުނީ ''ބަޓަ'' މި ލަވައަށެވެ. މީގެ އިތުރުން ވެފަވަރިޓް ޕޮޕް ގްރޫޕްގެ އެވޯޑްވެސް މި ބޭޑުން ވަނީ ކާމިޔާބު ކޮށްފައެވެ.

މިއީ މިބޭންޑަށް އަހަރުގެ އެންމެ މޮޅު އާޓިސްޓު އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. މި ބޭންޑުން ދަނީ ލަވައިގެ ދުނިޔޭގެ ގިނަ ރިކޯޑުތަކެއް މުގުރަމުންނެވެ.

ބީޓީއެސް އިން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ބީޓީއެސް އަކީ މުޅި ސައުތް ކޮރެޔާ ގެ ފަހުރު ކަމަށްވެސް އެ ގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ގްރޭމީ އެވޯޑްސް އަށް ނޮމިނޭޓްވި ފުރަތަމަ ކޭޕޮޕް ގްރޫޕަކީވެސް ބީޓީއެސް އެވެ.

ބީޓީއެސް ގްރޫޕަކީ ދިވެހި އަންހެނުންގެ ތެރޭގައި ވަރަށް މަގްބޫލު ވެފައިވާ ގްރޫޕެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް