ads
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަނީ- ފޮޓޯ: މަޖިލިސް
ތަފާސް ހިސާބުތައް ނެތުމުން ގިނަ ގޮންޖެހުންތަކެއް އެބަހުރި: އަސްލަމް
ތަފާސް ހިސޤބުތައް ނެތުމުން ވަރަށް ގިނަ ގިން ގޮންޖެހުންތައް އެބަހުރި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެެ އެވެ.

މިހާރު ކުރިއަށްދާ ނެޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑެވެލޮޕްމެންޓް އޮފް ސްޓެޓިސްޓިކްސް ލޯންޖިން އިވެންޓްގައި އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްރަށް، އެއްރަށް އަނެއްރަށައި ގުޅުން އޮންނަ ގޮތާއި އެއްރަށުގެ މައްޗަށް އަނެއް ރަށުގެ ނުފޫޒު އޮންނަ މިންވަރާއި މިފަދަ ކަންކަން އޮޅުން ފިލުވަން ބޭނުންވި ކަމަށެވެ. އެހެންނަމަވެސް އެމައުލޫމާތުތައް ލިބޭނެ ގޮތް ނުވިކަމަށް އޭނާ ވިދާޅުވިއެވެ. 

ރާއްޖޭގައި ބޯހިމެނުމުގެ ހިސާބު ތައް އެންމެފަހުން އެއްކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެހެންކަމުން މިހާރު ބޭނުންކުރެވެން އޮތް އެންމެ ފަހުގެ ހިސާބުތަކަކީ އެއީއެވެ.

ރާއްޖެއަކީ ވަރަށް ހަލުއިކަމާއެކު ތަރައްގީ ވަމުން އަންނަ ގައުމެއްކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ އެއާޕޯޓުތަކަށް ދަތުރުފަތުރު ކުރުމުގެ ފުރިހަމަ މައުލޫމާތު ނުލިބޭތީވެސް ބައެއް ކަންކަން ރާވާ ހިންގަން އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ރިސޯޓު ތަކާބެހޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީންވެސް ނުލިބޭތީ އެދާއިރާގެ ކަންކަންވެސް ހިންގަން ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް