ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް-
އެމްއެމްޕީއާރްސީ މައްސަލާގައި މިނިސްޓަރު މަހްލޫފަށް ދައުވާކޮށްފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތުގައި ޔޫތު މިނިސްޓަރު މަހްލޫފަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މަހްލޫފްގެ މައްޗަށް އުފުލީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ 

‎މިނިސްޓަރު މަހްލޫފަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު ފޮނުވީ އެސްއޯއެފް އިން މިނިސްޓަރު މަހްލޫފް އަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގައެވެ.

ޕީޖީ އޮފީހުން ބުނީ މިނިސްޓަރު މަހްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން  މަހްލޫފަށް ދިން 33000 (ތެއްތިރީސްހާސް އެމެރިކާ ޑޮލަރު) މަހްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.

މިނިސްޓަރު މަހްލޫފް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާއިއެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން މިނިސްޓަރު މަހްލޫފް ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން މިނިސްޓަރަށް އެންގީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. 

އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންގެންފައެވެ. ނަމަވެސް ޕީޖީން ބުނި ގޮތުގައި މަހުލޫފަށް ދައުވާ ކުރާނީ ޕީޖީން މައްސަލަ ރަނގަަޅަށް ދިރާސާ ކުރުމަށްފަހުއެވެ.

ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިތާ ފަސް ވެގެންދިޔައިރު އެކަމުގައި ގޮތެއް ނުނިންމި ލަަަސްވަމުންދިއުމުން ކަމަށް ބުނެ، މަގާމުގެ މަސްއޫލިއްޔަތުތަކުން މަހްލޫފް ދުރުކޮށްފައި ހުރުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހު އެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.

މަހްލޫފުގެ މައްޗަށް ޕީޖީން ދައުވާ އުފުލާފައި މިވަނީ އެމައްސަލާގައި ގޮތެއް ނުނިންމި ގިނަ ދުވަސްތަކެެއްވެފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް